އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫގައިވާ ވަގުފުބިންތައް ދަނޑުވެރިކަން ކުރުމަށް ނީލަންކިޔުމާބެހޭ

                އއ.ތޮއްޑޫގައިވާ ވަގުފުބިންތަކަކީ މިހާރު ތޮއްޑޫ ކައުންސިލްގެ ބިންތަކެކެވެ. މި ބިންތައް ހުސްކުރުމަށް ކުރި އިޢުލާނާއި ގުޅިގެން އެބިންތައް ހުސްކުރުމަށްދިން މުއްދަތު ހަމަވިއިރުވެސް އެބިންތައް ދަނޑުވެރިކަން ކުރުންފަދަ ކަންކަމަށްދަނީ ބޭނުންކުރަމުންނެވެ. މިބިންތަކަކީ ދަނޑުވެރިންނަށް ނީލަމުގައި ދޫކުރުމަށް ނިންމާފައިވާ ބިންތަކަކަށްވާތީ، 2022 އެޕްރީލު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުސްކުރުމަށް އެބިންތަކުގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އަންގައި އިޢުލާންކުރަމެވެ.

                ވީމާ، މިބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ނީލަމުގައި ބިން ނަގަން ބޭނުންވާ ފަރާތްތަކުން 2022 އެޕްރީލް 14 ވަނަ ދުވަހުގެ 12:00ގެ ކުރިން 3,000.00 (ތިންހާސް) ރުފިޔާ ޑިޕޮސިޓް ފައިސާގެ ގޮތުގައި ކައުންސިލް އިދާރާއަށް ދެއްކެވުމަށް ދަންނަވަމެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން 2022 އެޕްރީލް 15 ވާ ހުކުރުދުވަހުގެ 14:00 އަށް މި އިދާރާއަށް ހާޟިރުވުމަށް ދަންނަވަމެވެ.

04 އޭޕްރިލް 2022
ހޯދާ