ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރު ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ހޮސްޕިޓަލަށް ކޮމްޕިއުޓަރާއި ޕްރިންޓަރު ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު HMH/2014/15 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ހަމައެކަނި ޕްރިންޓަރަށް ކަމަށްވާތީ، މިއިޢުލާނުގައިވާ ކޮމްޕިއުޓަރުގެ ބައި ބާޠިލުކޮށް، އަލުން ކޮމްޕިއުޓަރު ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014
ހޯދާ