ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެވީވެހިކަލްތަކާއި ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ވިލުފުއްޓަށް ގެނައުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ތ.ވިލުފުށިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތައް ސާފުކުރުމާއި ވެލިއެޅުމުގެ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި އެކު މަސައްކަތްކުރާނެ ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ތ.ވިލުފުއްޓަށް ގެނައުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކަށްވެފައި، އަދި ހުށަހެޅުނު އަގު ބޮޑުކަމަށް ފެންނާތީ މި އިދާރާގެ ޢިއުލާން ނަންބަރު: (IUL)383/383/2022/24 ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުންhttp://rb.gy/jqidtp  މި ލިންކު މެދުވެރިކޮށް ބީލަމުގައި ބައިވެރިވުމަށް އެދި 2022 އޭޕްރިލް 06  ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކޮށް ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު 2022 އޭޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެސް[email protected]  އަށް ފޮނުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މުޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.



ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

  30 މާރިޗު އިން 06 އޭޕްރިލް 2022

08:00 އިން 13:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

06 އޭޕްރިލް 2022

13:00

އަންދާސީ ހިސާބު ހުށަހެޅުން

10 އޭޕްރިލް 2022

14:00

 
ތ.ވިލުފުށިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތައް ސާފުކުރުމާއި ވެލިއެޅުމުގެ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި އެކު މަސައްކަތްކުރާނެ ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ތ.ވިލުފުއްޓަށް ގެނައުމުގެ މަޢުލޫމާތު ޝީޓް، މި އިޢުލާނާއި އެޓްޗްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

30 މާރިޗު 2022
ހޯދާ