މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތާލުފް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މަސްޖިދުއްތާލުފްގެ މިހުރާބުގޭގެ މަތީގައިވާ ޝީޓް ނަގައި، މިހުރާބުގޭގެ ބޭރުން ފާރެއް ރާނާއި މިސްކިތް ހިޔާކޮށްފައިވާ ގޮތަށް ދެފުރާޅަށް ހިޔާކޮށް މިސްކިތުގައި ކުލަޔާއި ދަވާދު ލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުންވެސް އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި 13:30 ގައި ރ.އަނގޮޅިތީމު ކައުންސިލުގެ އިދާރާގައި ކައުންސިލް ރޫމުގައެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށްޓަކައި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވާއިރު، ކުންފުންޏަކުންނަމަ އެކަން އެނގޭ ގޮތަށް އޮތުމާއި، ބަދަލުގައި އަންނަނަމަ ބަދަލުގައި އަންނަކަމުގެ ލިޔުމެއް ގެންނެވުން އެދެމެވެ.

ވީމާ، މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: ކައުންސިލްގެ މެންބަރު މުޚްތާރު މުޙައްމަދު 7673137 އަދި އ.ޑިރެކްޓަރ މުޙައްމަދު ޔޫސުފް 7887792  

05 ޛުލްޤަޢިދާ 1435

31 އޮގަސްޓް 2014
ހޯދާ