ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތަށް ފަނޑިޔާރުން ހޯދުން

މި އިޢުލާންވަނީ 30 މާރިޗު 2022 15:16 ގައި ބާތިލް ކުރެވިފައެވެ.


މިއޮފީހުގެ އިޢުލާން ނަންބަރު: (IUL)266-A/266/2022/34 އާއި ގުޅިގެން ބޭނުންވާ އަދަދަށް ފަނޑިޔާރުން ލިބިފައިނުވާތީ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް" ގެ ފަނޑިޔާރުކަން ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ފަނޑިޔާރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުބާރާތް އޮންނަ ތާރީޚް:

07،06،05 އެޕްރީލް 2022

ބޭނުންވާ އަދަދު:

01 (އެކެއް)

އެލަވަންސް:

-/1500ރ (ފަނަރަސަތޭކަރުފިޔާ) ދުވާލަކަށް ހަމަޖައްސައި ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:

ދެކޮޅު ދަތުރު އަދި ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ.

ޝަރުތު:

  1. 1.  ދަށްވެގެން ޤުރުއާން މުދައްރިސް ކަމުގެ ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  2. 2.  މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް މަދަރުސާ، ޤުރްއާން ކިލާސްތައް އަދި ޔުނިވަރސިޓީ، ކޮލެޖުގެ އެއްވެސް މުވައްޒަފަކަށް އަދި މުބާރާތުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ މައިންބަފައިން އަދި ގާތްތިމާގެ މީހެއް  (މަހުރަމް) ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފަނޑިޔާރުކަމަށް އެދި ސިޓީ ހުށަހެޅުން

2. ފަނޑިޔާރުކަމަށް އެދޭ ފަރާތުގެ ވަނަވަރު

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އަދި،

5. އިޢުލާން ކުރެވިފައިވާ ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

ފަނޑިޔާރުކަމަށް އެދެންވީގޮތް:

ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއި އެކު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

ސުންގަޑި:

02 އެޕްރީލް 2022 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6527174 ނުވަތަ 6528831 އަށްގުޅުއްވުން އެދެމެވެ.

28 މާރިޗު 2022
ހޯދާ