ބ. ކިހާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެއްޖެ

       
   
     
 

ބ. ކިހާދޫ ޞިއްޙީމަރުކަޒު

  ބ. ކިހާދޫ

  ދިވެހިރާއްޖެ

ނަންބަރު: F6-HC/2022/02(IUL)

އިޢުލާން

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު


J-268321

ބޭނުންވާ އަދަދު

01 ( އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ކިހާދޫޞިއްޙީމަރުކަޒު / ބ. ކިހާދޫ

މުސާރަ

މަހަކު -/4465 (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއްހާސް ފައްސަތޭކަ ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީމަރުކަޒު  ހުޅުވަންޖެހޭ ގަޑިއަށް ހުޅުވުމާއި ބަންދުކުރަންޖެހޭ ގަޑިއަށް ބަންދުކުރުން. އަދި ނުރަސްމީ  ގަޑީގައި ހުޅުވަންޖެހޭ ހާލަތްތަކުގައި ހިންގުމާ ހަވާލުވެހުރި ފަރާތުގެ ލަފަޔާއެކުހުޅުވާ ލެއްޕުން.
  2. ޞިއްޙީމަރުކަޒުން ދެވެންހުރި ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ދެވޭނެ ގޮތަކަށް ތަނުގެ މާހައުލު ތަނަވަސްކޮށް ޞިއްޙީ މަރުކަޒާ ބެނުންވާ އެންމެހާ ތަކެތި ހޯދުމާއި މަރާމާތު ކުރަންޖެހޭތަކެތި މަރާމާތު ކުރުވުމާއިއެކު ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާނޭހެން ކަންތައްތައް ރާވާ އިންތިޒާމު ކުރުން .
  3. ބަޖެޓާއިބެހޭ އެންމެހައި ފައިސާގެ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން،ބަޖެޓާއި ނުބެހޭ އެންމެހައި ފައިސާގެ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން. އަދި މުސާރަ ޝީޓް ތައްޔާރުކުރުން.
  4. ފައިސާ އާއިބެހޭ ރިޕޯޓްތަކާއި ފައިސާއާއި ނުބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ފައިލް ކުރުން،މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން، ޔައުމިއްޔާ، ދަތުރު ރިޕޯޓް، ހާޟިރީ ރިޕޯޓް ، އަހަރީ ރިޕޯޓް ފަދަ ރިޕޯޓްތައް ތައްޔާރު ކުރުމާއި އެހެނިހެން ރިޕޯޓްތައް ހަދާނެ ފަރާތެއްނެތް ހާލަތެއްގައި ރިޕޯޓްތައް ހެދުން.
  5. ހާޒިރީ ބެލެހެއްޓުމާއި،މުވައްޒަފުންގެ ފައިލްތައް ބެލެހެއްޓުން،މުވައްޒަފުންގެ ޗުއްޓީއާއި އެހެނިހެން ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި މުވައްޒަފުންގެ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުން.
  6. އިންވެންޓްރީ ބެލެހެއްޓުން އަދި ދުވަހުން ދުވަހަށް އިންވެންޓްރީ އަށް އަރުވަންޖެހޭ ތަކެތި އެރުވުން، ސްޓޮކް ބެލެހެއްޓުން އަދި ސްޓޮކުން މަދުވާ ތަކެތި ރިކުއެއްސްޓް ކޮށް ހިދުމަތަށް ދަތި ނުވާނެ ހެން އެންމެހައި ތަކެތި ސްޓޮކް ކޮށް ބެލެހެއްޓުން.
  7. މަރުކަޒަށް ލިބޭ ސިޓީ، މެސެޖް އަދި އެހެނިހެން ލިޔެކިޔުންތައް އެންޓްރީކޮށް ފައިލް ކުރުން. އަދި ޖަވާބުދޭންޖެހޭ ލިޔެކިޔުންތަކަށް ޖަވާބު ދިނުން.
  8. ބައްދަލުވުންތަކާއި ބިޑްތަކަށް މިމަރުކަޒަށް ހާޒިރުވާ ފަރާތްތަކަށް އެއާއި ގުޅުންހުރި ޑިޕާރޓްމަންޓް/ ސެކްޝަނެއްގައި ދަންނަވާ ސަމާލުކަމަށް އެކަން ގެނައުން. އަދި ބައްދަލުވުންތަކާއި ބިޑްތަކުގެ ޔައުމިއްޔާއާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  9. ސިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން
  10. މީގެއިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމާއި، އެޑުމިންބައިން އަންގަވާ ކަންތައްތައް ކުރުން.
  11. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އެހެނިހެންފައިސާ ކަނޑައެޅިފައި އޮންނަ ތާރީހަށް ހޯދުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުތު

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން 'ސެކްންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • ނެތް

ޕްރެފަރޑް ޑިސިޕްލިންތައް:

  • ނެތް

ކޯރ ޑިސިޕްލިންތައް:

  • ނެތް   

މަޤާމްގެ މަސައްކަތުގެ ދާއިރާތައް

  • ފައިނޭންސް
  • އެކައުންޓިންގ
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި  ބ.ކިހާދޫ ޞިއްޙީމަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ނޯޓް: ހުށައަޅާ ހުރިހާ ލިޔެކިޔުންތަކެއްވެސް ހުންނަންވާނީ އަސްލާއި އެއްގޮތްކަމުގެ ތައްގަޑު ޖަހާފައެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން ބ.ކިހާދޫ ޞިއްޙިމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

ނޯޓް: އީ.މެއިލްއިން ވަޒީފާއަށް އެދި ފޮނުވާލިއުންތައް ފޮނުވާއިރު ވަޒީފާއަށް އެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީކާޑް ނަންބަރު ހިމެނުމަށް ދެންނެވީމެވެ.

އެސެސްމަންޓް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މ މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް އޮންނާނީ، 10 އޭޕްރިލް 2022 ން 14 އޭޕްރިލް 2022 އާއި ދެމެދު، ބ. ކިހާދޫ ސިއްހީ މަރުކަޒުގައެވެ. އަދި އިންޓަވިއު އޮންނާނީ 17 އޭޕްރިލް 2022 ން 21 އޭޕްރިލް 2022 އާއި ދެމެދު ބ. ކިހާދޫ ސިއްހީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ސަރުކާރު ރަސްމީ ގަޑީގައި ބ. ކިހާދޫ ޞިއްޙިމަރުކަޒު ނަންބަރު 6600050 ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ b.kihaadhoohc@health. gov.mv  އެވެ.

 

27 މާރިޗް 2022

27 މާރިޗު 2022
ހޯދާ