ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443ވަނަ އަހަރު ރަމަޟާން މަހު މިއިދާރާއިން ބާއްވާ ޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ހޯދަން ބޭނުންވެއްޖެ.

1443ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10ގައި ގދ.ފިޔޯރީގައި ޤުރުއާން މުބާރާތް ބޭއްވުމަށް ކައުންސިލުގެ 04 ވަނަ ދައުރުގެ 42ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން މިއިދާރާއާއި ގުޅިގެން، މިޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލާ ޖަމިއްޔާއަކީ މިއިދާރާއިން އެކުލަވާލައިފައިވާ ޤުރުއާން މުބާރާތުގެ ޤަވާއިދާ އެއްގޮތަށް މުބާރާތުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ޖަމިއްޔާއަކަށް ވާންވާނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން، މި އިދާރާއާއި ގުޅިގެން މިމުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 23 މާރޗް 2022 ވަނަ ދުވަހުގެ 14:00 ގެކުރިން، މި އިދާރާއަށް ނުވަތަ މިއިދާރާގެ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

 ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ޖަމިއްޔާކާއެކު އެގްރީމެންޓް ހެދިގެން މުބާރާތް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާއިގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 9908888 ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މާރިޗު 2022
ހޯދާ