މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތްޔިތުން ބައްދަލުވުމުގެ ދައުވަތު

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުން، މި މާރިޗު މަހުގެ 28 ވާ ހޯމަ ދުވަހުގެ ރޭ 8:45 ގައި ޕްރީސްކޫލު ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި 2022 ން 2026 ށް ތައްޔާރު ކުރެވިފައިވާ ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާގޮތް ހުށަހެޅުން އޮންނާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާ ގުޅޭ މަޢުލޫމާތު ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުން އޮންނާނެ ވާހަކަ ދަންނަވަމެވެ. މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

12 ޝަޢުބާން 1443

15 މާރިޗު 2022

15 މާރިޗު 2022
ހޯދާ