ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 33 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 33

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

9 މާރިޗު 2022

ބައްދަލުވުން ބޭއްވި ގަޑި:

13:00

 

ނިންމުންތައް

  1. ކުނިކޮށި ބެލެހެއްޓުމުގެ ވަގުތީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް ކުރިޔައްގެންދިއުމަށް ނިންމުނު.
  2. ވަންދޫ ސްކޫލްގެ ޤުރުއާން މުބާރާތް ކުރިޔައްގެންދިއުމަށް ކައުންސިލުންދޭ އެހީއެއްގެ ގޮތުގައި މުބާރާތައް ހިނގާ ހަރަދުގެ ގޮތުގައި ހުށަހަޅާފައިވާ އަދަދުގެ %50 އިންސައްތަ -/1500 ރުފިޔާ ދިނުމަށް ނިންމުނު.
  3. އައިސްޕްލާންޓް ބިމުގެ މުއްދަތު 6 މަސްދުވަހައް އިތުރުކުރުމަށް ނިންމައި މުއްދަތުހަމަވުމުން ބިޑްއުސޫލުން އަލުން އިއުލާނުކުރުމަށް އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކުރާއިރު ދުންހޮޅިހެދުމަށް ދީފައިވާ 6 ފޫޓު 4 ފޫޓުގެ ސަރަހައްދު ބިމަށް އިތުރުކުރުމަށް ނިންމުނު.

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

09 މާރިޗު 2022
ހޯދާ