އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ޙާފިޡުން ހޯދުން

1443ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރަށްވާނެ ދިވެހި ޙާފިޡުންނާއި ރާއްޖެއިން ބޭރުގެ ޙާފިޡުން ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރަށްވާ ބޭފުޅުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހޯދަންޖެހޭ އެންމެހާ އެލަވަންސްތަށް ހޯދައިދެވޭނެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން މިކަމަށް ކަނޑައެޅިފައިވާ ފޯމާއި، ލިޔުންތައް ފުރިހަމަކުރައްވާ 17 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި " އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް އެދޭ ފޯމް " މިކައުންސިލުންނާއި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ. 

13 މާރިޗު 2022
ހޯދާ