ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމު: ޑްރައިވަރ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 2

އޮފީސް/ އިދާރާ: ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން: މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:  ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ

މުސާރަ: 3470.00

ސަރވިސް އެލަވަނސް: 1000.00

ބޭނުންވާ އަދަދު: 1

މަޤާމުގެ ޝަރުޠުތައް:       

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.         

މަޤާމުގެ މައްސޫލިއްޔަތާއި، ވާޖިބުތައް:

1. ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އެކި ސަރަޙައްދު ތަކުގައި މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ސާމާނު ގެންގޮސްދިނުމާއި، ރަށުތެރޭގެ އެކި ސަރަޙައްދު ތަކުގައި ހުންނަ ޑަސްބިން އުކުމުގެ މަސައްކަތް ކުރުން.

2. ވެހިކަލް ސްޓާޓް ކުރުމުގެ ކުރީން އަޑީތެޔޮ އަދި ފެންހުރިތޯ ބަލައި ޗެކުކުރުމާއި، ވެހިކަލަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެކަމެއް ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގައި ހުންނަ އިސް މުވައްޒަފަކަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.

3. ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އިސްކޮށް ހުންނަ ވެރިޔަކު ދައްކާ އެންމެހާ މަސައްކަތް ކުރުން.

4. ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކުނިކޮށީގައި ކުރަންޖެހޭ ޑްރައިވަރެއްގެ އެއްމެހާ މަސައްކަތެއް ކުރުން.

5. ޑްރައިވަރުގެ ބަލަހައްޓަމުންދާ ވެހިކަލް ސާފުކޮށް ބަލަހައްޓަށް ޖެހޭ އުސޫލާ އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ ހީވާގި 55 އަހަރު ނުފުރޭ ފިރިހެނުންނަށް އިސްކަންދެވޭނެއެވެ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހަކު ނުލިބެއްޖެނަމަ ކޮންޓެކްޓް އުސޫލުން މި މަސައްކަތް ކުރާނޭ މީހަކުވެސް ބޭނުންވެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު 

ގއ. ވިލިނގިލީ ކައުންސިލްއިދާރާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

02 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13.30. ގެ ކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް ސިވިލްސަ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު މަތީގައި ދަންނަވާފައި ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިނާޔަތްތައް:       

ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާއާއި، އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު ( މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިއުންތަކާއި، (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދުކޮށްފައިވާ ލިއުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއަކާއި، (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ )

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6824680 އެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

                     28 ޝައްވާލު 1435

24 އޮގަސްޓް 2014
ހޯދާ