މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހާއި ގުޅުވައިގެން މާލެ ސިޓީ ކައުންސިލުން ބާއްވާ ނައިޓް މާރކެޓާއި ގުޅޭ.

 ބަރަކާތްތެރި ރަމަޟާން މަހާއި ގުޅުވައިގެން އާންމުންނަށް ހެޔޮއަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން، "މާލެ ސިޓީ ކައުންސިލް ނައިޓް މާރކެޓް" ގެ ނަމުގައި މި ކައުންސިލުން އިންތިޒާމް ކޮށްގެން ނައިޓް މާރކެޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

 މި ކައުންސިލާއި ގުޅިގެން މަތީގައި ދެންނެވުނު ނައިޓް މާރކެޓް ރާވާ، ހިންގައިދޭނެ، މިކަމުގައި ތަޖުރިބާ ހުރި ފަރާތެއް ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ.

 ވީމާ، މި ނައިޓް މާރކެޓް ރާވާ، ހިންގައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން،17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

14 މާރިޗު 2022
ހޯދާ