މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން

މަޤާމް 1

ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން

އުޖޫރަ:

  1. ދުވާލަކު 1 ޕޮއިންޓުން 100 ޕޮއިންޓަށް (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 3.75 ރުފިޔާ
  2. ދުވާލަކު 101 ޕޮއިންޓުން 150 ޕޮއިންޓަށް  (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.00 ރުފިޔާ
  3. ދުވާލަކު 151 ޕޮއިންޓުން 200 ޕޮއިންޓަށް  (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.50 ރުފިޔާ

އަމިއްލަ  ދުއްވާ އެއްޗެއްގައި މޭލް ބަހާނަމަ، އޮންނަ އުސޫލުން  ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

މެއިލް އެންޑް ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

މި މަޤާމުތަކުގެ  ޝަރުޠު:

  • ކަމާގުޅޭ ތަޖުރިބާ ލިބިފައިވުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން
  • ކޮންޓްރެކްޓް އުސޫލުން މެއިލްބަހާ މީހުން 100 ޕޮއިންޓަށް މޭލް ބެހުމުގެ ޤާބިލްކަން ހުރުމާއެކު، އަމިއްލަ ދުއްވާއެއްޗެއްގައި މެއިލް ބެހޭފަދަ މީހަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • އިންޓަރވިއުއިން ފާސްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާނުގެ ނަންބަރާއި، ގުޅޭނޭ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގެ މުއްދަތު ހަމަނުވާ)
  • ވަޒިފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީގައި، ގުޅޭނެ ފޯނު ނަންބަރު ޖެހުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ.  އިންޓަރވިއުއަށް ހޮވޭނީ  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް: މެނޭޖިންގ ޑިރެކްޓަރ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، މާލެ، ދިވެހިރާއްޖެ

ފޯން: 3009272، 3009273، 3009274 ފެކްސް: 3321559

26 އޮގަސްޓް 2014
ހޯދާ