މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޑޮލަރުން އަދަދު ކަނޑައަޅާފައިވާ ފައިސާ ރުފިޔާއިން ދެއްކުން

މި އޮތޯރިޓީގެ ނަންބަރު IUL)220-TEF/01/2011/72)ފ(6 ސެޕްޓެންބަރު 2011) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

މި އޮތޯރިޓީއަށް ބަލައިގަންނަ ޓެކުހާއި އެހެނިހެން ފައިސާގެ ތެރެއިން، އެމެރިކާ ޑޮލަރުން އަދަދު ކަނޑައެޅިފައިވީނަމަވެސް ދިވެހިރުފިޔާއިން ފައިސާ ދެއްކުމުގެ ފުރުޞަތު އޮންނަ އާމްދަނީ ކޯޑުތަކަށް ދިވެހިރުފިޔާއިން ފައިސާ ދައްކަވާއިރު އެކްސްޗޭންޖް ރޭޓްގެ ގޮތުގައި ބޭނުންކުރެއްވުމަށް ހަވާލާދެވިފައިވާ އިޢުލާނުން ދަންނަވާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅުއްވާ ވީކްލީ އެކްސްޗޭންޖް ރޭޓުގެ ބަދަލުގައި، 1 ސެޕްޓެންބަރު 2014 އިން ފެށިގެން އެކްސްޗޭންޖް ރޭޓުގެ ގޮތުގައި ބޭނުންކުރައްވާނީ އެމެރިކާ ޑޮލަރަކަށް 15.42ރ (ފަނަރަ ރުފިޔާ ސާޅީސް ދެލާރި) ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.  

28 ޝައްވާލު 1435

24 އޮގަސްޓް 2014
ހޯދާ