ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަންކުރުމަށްޓަކައި ކުއްޔަށް ދޫކުރާ ބިންތަކުގެ ބީލަން ބަލައިގަތުމުގެ ތާރީޚް ބަދަލުކުރުން

މިރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި 4-ބީ ގެ ގޮތުގައި ކަނޑައަޅާފައިވާ 02 ސަރަޙައްދުން ގުދަން ބިން ކުއްޔަށް ދިނުމަށްޓަކައި ބީލަން ހުށަހެޅުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)383/383/2022/13 އިޢުލާންގައިވާ ބިޑް ޑޮކިއުމަންޓްސް އިސްލާޙުކޮށް ބީލަން ހުށަހެޅުމުގެ ތާރީޚް ބަދަލުކުރެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

މި އިޢުލާނާ ގުޅިގެން ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2022 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި އެއްބާވަތެއްގެ 2 ބިން ދޫނުކުރެވޭނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. ހުށަހަޅާ ބީލަން ފޯމްތައް އިވެލުއޭޓް ކުރެވޭނީ ކޮންމެ ބިމެއް ވަކިންނެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

10 މާރިޗު 2022
ހޯދާ