އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

         މިރަށުގައި ސަރުކާރުން ހައްދަވާ ދެއްވަން ފައްޓަވާފައިވާ ފުޓްސަލް ދަނޑުގެ، މިހާރު ނުނިމި ހުރި މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         މިކަމާއި ގުޅޭ ގޮތުން މަޢްލޫމާތު ސާފްކޮށް ދިނުމުގެ ބައްދަލުވުން 10 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ  13.00 ގައި މިކައުން ސިލްގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.  ބިޑްބަލައި ގަތުން އޮންނާނީ 15 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 13،00 ގައި މިކައުންސިލްގެ ޖަލްސާ ކުރާ މާލަމްގައެވެ.

މާޢްލޫމާތު ސާފްކޮށް ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތް ތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.  ބިޑް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތުގެ މަޢްލޫމާތު އެނގޭ ސިޓީއެއް ގެންނަންވާނެއެވެ. އަދި ކޮންމެ ފަރާތަކަށް ހުށައެޅޭނީ 1 ބިޑެވެ. ބިޑް އޮންނަންވާނީ ރަނގަޅަށް ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި އިޢްލާން ނަމްބަރާއި، ކޮންކަމަކާއި ގުޅިގެން ހުށައެޅޭ  ބިޑެއްކަން ސާފްކޮށް އެނގެން އޮންނަން ވާނެއެވެ.

         މިހެންވެމިކަން ޢާއްމުކޮށް އެންގުމަށް ޓަކައި  އިޢުލާން ކުރީމެވެ.  

07 މާރިޗު 2022
ހޯދާ