ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ޕޭޝެންޓް ސޭފްޓީ، ރިސްކް މެނޭޖްމެންޓް އަދި ކޮލިޓީ އިމްޕްރޫވްމެންޓް ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ޕޭޝެންޓް ސޭފްޓީ، ރިސްކް މެނޭޖްމެންޓް އަދި ކޮލިޓީ އިމްޕްރޫވްމެންޓް ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ނަމްބަރު:TENDER/HMH/2022/010

ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި ކުރުމުގެ ގޮތުން ޕޭޝެންޓް ސޭފްޓީ، ރިސްކް މެނޭޖްމެންޓް އަދި ކޮލިޓީ އިމްޕްރޫވްމެންޓް ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

1.1.,މަސައްކަތައް އަގު ހުށައެޅުމުގައި މި މަޢުލޫމާތު ޝީޓް ރަނގަޅަށް ކިޔައި ދިރާސާ ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

1.2. މި އިއުލާނާއި ގުޅިގެން ހޯދަން ބޭނުންވާ ޚިދުމަތުގެ ތަފްސީލް އެނގޭނެ "ސްކޯޕް" ކަރުދާހެއް މި އިއުލާނާއި އެކީ ގެޒެޓް ކުރެވިފައިވާނެއެވެ.

1.3. އަގު ހުށަހެޅުއްވަންވާނީ މި މައުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީންނެވެ.

1.4. މި ބިޑު އިވެލުއޭޓް ކޮށް އެވޯޑު ކުރެވޭނީ މި ޚިދުމަތަށް ޖުމުލަކޮށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

1.5. އަގު ހުށަހަޅުއްވާ އިރު "ސްކޯޕް" ޑޮކިއުމަންޓުގައި ބާޔާންކުރެވިފައިވާޚިދުމަތް ފޯރުކޮށްދޭނެ އިތުރު ތަފްސީލް ބަޔާންކުރަންވާނެއެވެ.

1.6. ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް ފައިނޭންޝަލް އިވެލުއޭޝަނަށް ދާނީ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވުމުންނެވެ. މި އިވެލުއޭޝަންގައި މައިގަނޑު ގޮތެއްގައި ބެލެވޭނީ ހުށަހަޅައިފައިވާ ޕްރޮޕޯސަލްތައް "ސްކޯޕް" ޝީޓްގައިވާ މައުލޫމާތުތަކަށް ފެތޭތޯއެވެ.

1.7. މި ޚިދުމަތް ދިނުމަށް ހުށަހަޅާފަރާތުގެ ކޮންސަލްޓަންޓުންނަކީ ބާޔާންކުރެވިފައިވާ ޚިދުމަތް ރާއްޖެއާއި ރާއްޖެއިން ބޭރު ހޮސްޕިޓަލުތަކަށް ފޯރުކޮށްދީފައިވާ ފަރާތަކަށް ވާންވާނެއެވެ.

1.8. ޚިދުމަތް ދިނުމަށް ހުށަހަޅާފަރާތުގެ ކޮންސަލްޓަންޓުންނަކީ ޕޭޝެންޓް ސޭފްޓީ، ރިސްކް މެނޭޖްމެންޓް އަދި ކޮލިޓީ އިމްޕްރޫވްމެންޓް ދާއިރާއިން ހޮސްޕިޓަލްތަކަށް ކޮންސަލްޓޭންސީ ދިނުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންވާނެއެވެ.

1.9. މި މަސައްކަތް އެވޯޑު ކުރެވޭ ފަރާތަކާއި އެކު 1 އަހަރު ދުވަހުގެ އެގެރީމެންޓެއް ކުރެވިގެންދާނެއެވެ.

1.10. މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

2. ހުށަހަޅަންޖެހޭ ތަކެތި

2.1. އަންދާސީ ހިސާބު

2.1.1. ބިޑް ހުށަހަޅާ ފޯމު (މައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ)

2.1.2. ޚިދުމަތުގެ އަގު / ކޯޓޭޝަން

2.1.3. ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.

2.2. ކުންފުނީގެ މައުލޫމާތު / ޕްރޮފައިލް

2.2.1. ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން

2.2.2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުންފުނިތަކަށް ދީފައިވާ ކޮމްޕެނީ 'ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓް'ގެ ކޮޕީ / ސޯލް ޕްރޮޕްރިއޭޓަރޝިޕް އެއް ނަމަ ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

2.2.3. ކުންފުނީގެ މައިގަނޑު މަސައްކަތްތައް

2.2.4. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

2.2.5. ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ޖީއެސްޓީއަށް ރެޖިސްޓަވުމަށް ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް)

2.2.6. ޓެކްސް ކްލިއަރެންސް ނުވަތަ ވޭތުވެދިޔަ 3 މަސް ދުވަހުގެ ޓެކްސް ދައްކާފައިވާ ކަމުގެ ރިސިޕްޓްތައް. (ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް)

2.3. ވޭތުވެދިޔަ ތިން މަސްދުވަހުގެ (2021 ޑިސެމްބަރ 2022 ޖަނަވަރީ އަދި ފެބްރުއަރީ) ބޭންކް ސްޓޭޓްމަން ނުވަތަ 2020 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ.

2.4. މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުންތަށް. (އިވަލުއޭޝަން ގައިޑްލައިންގެ 4.2 ގައި ވާ ގޮތަށް)

މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

3. އެވޯޑުކުރުން

1

އަގު

85 ޕޮއިންޓް

2

ތަޖްރިބާ

15 ފޮއިންޓް

4. އިވެލުއެޝަން ގައިޑްލައިން

މިބިޑަށް މާކްސް ދެވޭނީ 5.1 ގައި ބަޔާންކުރެވިފައިވާ ބައިތަކަށް ޕްރޯރާޓާގެ އުސޫލުންނެއެވެ.

4.1 މަސައްކަތުގެ އަގު

އަގު ހުށަހަޅަންވާނީ ޚިދުމަތްދިނުމަށް މަހަކަށް ޖެހޭ އަގެވެ. އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް، އެންމެ  ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.

4.2 މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ތަޖްރިބާގެ ގޮތުގައި ބެލެވޭނީ 1.8 ގައި ދެންނެވިފައިވާ ދާއިރާތަކުން، ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދިންކަމުގެ  ލިޔުންތައް ( އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް ) ހުށަހެޅުން. މިލިޔުމަކީ ކޮންސަލްޓަންޓުންނަށް ދީފައިވާ ލިޔުމަކަށް ވާންވާނެއެވެ. 1.8 ގައި ބަޔާންކުރެވިފައިވާ ފަދައިން 5 (ފަހެއް) އަހަރުދުވަހުގެ ތަޖްރިބާ ހަމަނުވާ ކޮންސަލްޓަންޓުންގެ ޕްރޮޕޯސަލްތަށް ބާތިލު ވާނެއެވެ.

މަސައްކަތުގެ ތަޖުރިބާ

ޕޮއިންޓް

5 (ފަހެއް) އަހަރު

5

6 (ހައެއް) އަހަރާއި އާއި 8 (އަށެއް) އަހަރާއި ދެމެދު

10

8 (އަށެއް) އަހަރަށް ވުރެ ގިނަ

15

5. އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2022/010
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350152

6. ބީލަން ހުށަހެޅުން

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ  ވައްލަ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 މާރިޗު 2022 ވާ ދުވަހުގެ 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 ނޯޓު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350152 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

09 މާރިޗު 2022
ހޯދާ