މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަދޫ އިންޖީނުގެއަށް ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ހިންގަމުންގެންދާ ފުނަދޫ ރައްޔިތުންގެ އިންޖީނުގެއަށް ޑީސަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ ކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 09 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާ ގުޅުއްވުން އެދެމެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ