އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ރޭމްޕް ހޭންޑްލަރ

އެސިސްޓެންޓް ރޭމްޕް ހޭންޑްލަރ

ބޭނުންވާ އަދަދު: 04

މަޤާމުގެ ޝަރުޠު:

  • ގްރޭޑް 7 ނިންމާފައިވުން (ނުވަތަ)
  • މަސައްކަތާއި ގުޅޭގޮތުން 2 އަހަރު ދުވަހުަގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

 

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ބަރު އެއްޗެހި އުފުލޭ މީހެއް ކަމުގައިވުން
  • ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ޑިޕާރޗަރ އަދި އެރައިވަލްގެ ކޮންވޭޔަރ ބެލްޓްތައް ފްލައިޓް ގަޑިތަކުގެ ކުރިން މިންގަނޑުތަކަށް ފެތޭތޯ ބެލުން
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން (ފްލައިޓަށް އަރާ އަދި ފައިބާއިރު ގޮނޑި، ސްޓްރެޗަރ އަދި ވީލް ބެޑްގެ ހިދުމަތް ދިނުން).
  • ޗެކް އިން އޭރިއާތަކުގެ ކޮންވޭޔަރ ބެލްޓްތަކުން ދާގީނާތައް ބާލުވާ އަރުވަން ޖެހޭ އެއްޗެހިތަކަށް (ބެގޭޖް ކަރޓްސް، ކޮންޓެއިނަރ ފަދަ ތަކެތި) އެރުވުމާއި ސަލާމަތްތެރިކަމާއެކު މިކަންކުރުމަށް ފަރުދީގޮތުން އަދި ޓީމެއްގޮތަށް މަސައްކަތްކުރުން.
  • އުޅަނދުފަހަރުތަކުގެ ކެބިންތައް ސާފުކޮށް، ކުނިތައް ނެގުން.
  • ނުރައްކާތެރި ތަކެތި ކަމަށް ފާހަނގަ ކުރެވޭ އެއްޗެއް ފެނިއްޖެނަމަ، ނުވަތަ ދާގީނާތަކަށް ގެއްލުމެއް ވެއްޖެނަމަ އަދި ބެގޭޖް ކަރޓްސް، ކޮނެވޭޔަރ ބެލްޓް، ރޭމްޕް ވެހިކަލަކަށް ގެއްލުމެއް ވެއްޖެނަމަ ރޭމްޕް އޮފިސަރަށް އެންގުން.
  • ރައްކާތެރިކަމާއި ފަރުވާތެރި ކަމާއިއެކު ދާގީނަ ކާރޓްސް، ކޮންޓެއިނަރ އަދި ޕޭލްޑް ޑޮލީސް އިތުރު މީހެއްގެ އެހީތެރިކަމާއިއެކު އުޅަނދުފަހަރުތަކާއި ކައިރި ކުރުން.
  • އަމިއްލަ ސަލާމަތަށް ފަރުވާތެރިވެ ޑިއުޓީ ގަޑީގައި އެޅުމަށް ހާއްސަކުރެވިފައިވާ ސަލާމަތީ ތަކެތި ބޭނުންކުރުމާއި ކުންފުނީގެ މުދަލަށް ފަރުވާތެރިވުން.
  • މެނޭޖްމެންޓްއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް އަދާކުރުން.

 

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

·  ިޕާރޗަރ އަދި އެރައިވަލްގެ ކޮންވޭޔަރ ބެލްޓްތައް ފްލައިޓް ގަޑިތަކުގެ ކުރިން މިންގަނޑުތަކަށް ފެތޭތޯ ބެލުން.

 

07 މާރިޗު 2022
ހޯދާ