އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

ވަޒީފާގެ ފުރުސަތު

 

ނަންބަރު:IUMH-AD/I/2022/24

ތާރީޚް: 07 މަރޗް 2022

 މަޤާމު:

އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ ޢަދަދު : 1

އަސާސީ މުސާރަ:

މަހަކު 5,000.00 ރުފިޔާ

އެލަވަންސް:

  1. ސާރވިސް އެލަވަންސް: މަހަކު 1,500.00 ރުފިޔާ
  2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  3. ފޯން އެލަވަންސް: މަހަކު 200.00 ރުފިޔާ

މަޤާމުގެ ޝަރްޠުތައް:

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ނުވަތަ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން.

ނޯޓު: ޕީއޯއެސް އަދި ކުއިކްބުކްސް ފަދަ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުމަކީ އެދެވިގެންވާ ކަމެކެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ފީ ބަލައިގަތުމުގެ އެންމެހާ މަސައްކަތްތަށްކުރުން.
  • ދުވަހުން ދުވަހަށް ފީ ކަލެކްޝަން ރިޕޯޓު ހެދުމާއި ފީ ޖަމާކުރުން.
  • ފައިނޭންސް ސެކްޝަންއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ.)
  2. ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  3. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)

އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 15 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައިޔޫއެމް ހޯލްޑިންގސް ޕލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އށް ގުޅުއްވުން އެދެމެވެ.

 

07 މާރިޗު 2022
ހޯދާ