ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކޯސްތައް ބަލަހައްޓާނެ ކޯޑިނޭޓަރަކު ހޯދުމަށް

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި ހިންގާ ކޯސްތައް ބަލަހައްޓާނެ ކޯޑިނޭޓަރަކު ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 1   

ކޯޑިނޭޓަރުގެ ޝަރުޠު: ކިޔަވައި ދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:މަހަކު -/7035

މަސައްކަތް ކުރަންޖެހޭ ގަޑި: 18:00 އިން  23:00 އަށް ( 5 ގަޑިއިރު )

ބާވަތް: ކޮންޓްރެކްޓް އުސޫލުން 3 މަސް ދުވަހަށް ( މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ. )

ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކުރެވިފައިވާ ކޮޕީއާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ސިޓީ ފޮނުއްވުން އެދެމެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ފިރިހެން ބޭފުޅަކަށް އިސްކަންދެވޭނެއެވެ.

                               29  ޝައްވާލު  1435

25 އޮގަސްޓް 2014
ހޯދާ