ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރީ އާންމު ޖަލްސާ

މި އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އާއި ގުޅޭގޮތުން 24 ފެބްރުއަރީ 2022 ގައި ކުރެވުނު އިޢުލާން ނަންބަރު  TTAM/IUL/2022/003 އާއި ޙަވާލާދީ ދަންނަވަމެވެ.  

  

މި އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، 24 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ ފުރިހަމަ މެމްބަރުންގެ ނަން، އައި.ޑީކާޑު ނަންބަރު، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ބަޔާންކޮށް 17 މާރޗް  2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. އަދި ޖަލްސާގައި ބައިވެވޭނީ 14 މާރޗް 2022ގެ ކުރިން މިއަހަރުގެ މެމްބަރުންގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ.

 

ޖަލްސާގެ އޮންލައިން ލިންކް ޖަލްސާގައި ބައިވެރިވެލައްވާ މެންބަރުންނާއި ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3314014 ނަންބަރާއި ގުޅުއްވުން އެދެމެވެ.

07 މާރިޗު 2022
ހޯދާ