ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓަންޓް ފޯމަން

މަޤާމުގެ ނަން:  އެސިސްޓަންޓް ފޯމަން                މަޤާމު އޮތް އޮފީސް: ހިރިޔާ ސްކޫލް  

މުސާރަ: -/3470                            ސަރވިސް އެލަވަންސް: -/1000  

އަދަދު: 01 (އެކެއް)                          ވަޒީފާއަދާކުރަންޖެހޭ ސެކްޝަން: ބަޖެޓް  

ވަޒީފާއަދާކުރަންޖެހޭ ތަން: ހިރިޔާ ސްކޫލް / ކ. މާލެ        ރޭންކް: ސަޕޯޓް ސަރވިސް 2    

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2   

މަޤާމުގެ ޝަރުޠު:  

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

 

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސް އާއި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ހިރިޔާ ސްކޫލުގެ ތަޅުދަނޑި ސިފައިންގެއިން ނެގުމާއި އެޅުވުން.
  2. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.
  3. މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާނޭ ތަކެތި ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.
  4. މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.
  5. މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި އޭނާއާ ސާފުކުރުމަށް ހަވާލުކުރެވިފައިވާ ތަންތަން އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.
  6. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ވަޒީފާއަށް އެދޭ ފޯމު ހިރިޔާ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަވިއު އޮންނާނީ ހިރިޔާ ސްކޫލުގައެވެ.

- އަދި މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކްރައިޓީރިއާ އެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

  އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3307500 ނަންބަރާ ގުޅުއްވުން އެދެމެވެ.

21 އޮގަސްޓް 2014
ހޯދާ