ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 3 (ތިނެއް) ޗިލަރ ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 3 (ތިނެއް) ޗިލަރ ހޯދުމާއިބެހޭ

ނަމްބަރު:TENDER/HMH/2022/009

ހުޅުމާލެ ހޮސްޕިޓަލަށް ތިރީގައިވާ ސްޕެސިފިކޭޝަނަށް ފެތޭ 3 (ތިނެއް) ޕްރަންޓް ޑޯރ ކޯލްޑް ޗިލަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

Quantity

Item

3 (Nos)

DOUBLE DOOR CHILLER

1

Specification

800 Liters

Gross Capacity (Ltr)

 

Fan Cooling

Cooling System

 

Double Layered Glass with Sliding Door

Door Type

 

Minimum 8 shelves / Yes

Shelves / Lock & key

 

R134a

Refrigerant Type

 

       

1. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

1.1. މަސައްކަތައް އަގު ހުށައެޅުމުގައި މި މަޢުލޫމާތު ޝީޓް ރަނގަޅަށް ކިޔައި ދިރާސާ ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

1.2. އަގު ހުށަހެޅުއްވަންވާނީ މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީންނެވެ.

1.3. ޕްރޮޕޯސަލް ހުށަހަޅުއްވާ ކޮންމެ ޗިލަރަކަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ވޮރެންޓީއެއް ހުށަހަޅަންވާނެއެވެ.

1.4. މި ބިޑު އިވެލުއޭޓް ކޮށް އެވޯޑު ކުރެވޭނީ ޖުމުލަކޮށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

1.5. އަގު ހުށަހަޅުއްވާ އިރު ހުށަހަޅުއްވާ އައިޓަމްގެ ޑީޓެއިލް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އައިޓަމްތަކުގެ ސްޕެސިފިކޭޝަން ތަފްސީލް ނެތި ހުށަހަޅާ އަގުތައް އިވަލުއޭޝަންގައި ބައިވެރިނުކުރެވޭނެއެވެ.

1.6. ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް ފައިނޭންޝަލް އިވެލުއޭޝަނަށް ދާނީ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވުމުންނެވެ. މި އިވެލުއޭޝަންގައި މައިގަނޑު ގޮތެއްގައި ބެލެވޭނީ ހުށަހަޅައިފައިވާ އައިޓަމްތައް ހޮސްޕިޓަލުގެ ރިކުއާމެންޓް ޝީޓްގައިވާ މައުލޫމާތުތަކަށް ފެތޭތޯއެވެ.

1.7. ބިޑު އެވޯޑު ކުރެވޭ ފަރާތުން ހުށަހަޅާ އައިޓަމްތައް ބަލައިގަނެވޭނީ ގެންނަ އައިޓަމްތަކުގެ ކޮލިޓީ ޔަގީން ކުރުމަށްފަހުގައެވެ.

1.8. އޮތޮރައިޒްޑް ޑިސްޓްރިބުއަޓަރޝިޕް ލިޔުން  

ނޯޓް: އޮތޮރައިޒްޑް ޑިސްޓްރިބުއަޓަރޝިޕް  ލެޓަރ ހުށަހެޅުމުގެ މަގްސަދަކީ ގަންނަ ތަކެއްޗަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ހައްލު ކުރުމުގެ ގާބިލްކަން ހުރިކަން ޔަގީންކުރުމާއި، ސްޕެއާއެއް ބޭނުންވެއްޖެ ހިންދެއްގައި ލިބޭނެކަމުގެ ޔަގީންކަން ހޯދުމެވެ.

1.9. މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

2. ހުށަހަޅަންޖެހޭ ތަކެތި

2.1. އަންދާސީ ހިސާބު

2.1.1. ބިޑް ހުށަހަޅާ ފޯމު (މައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ)

2.1.2. ސަޕްލައިކޮށްދެވޭނެ އަގު / ކޯޓޭޝަން

2.1.3. ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.

2.2. ކުންފުނީގެ މައުލޫމާތު / ޕްރޮފައިލް

2.2.1. ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން

2.2.2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުންފުނިތަކަށް ދީފައިވާ ކޮމްޕެނީ 'ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓް'ގެ ކޮޕީ / ސޯލް ޕްރޮޕްރިއޭޓަރޝިޕް އެއް ނަމަ ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

2.2.3. ކުންފުނީގެ މައިގަނޑު މަސައްކަތްތައް

2.2.4. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

2.2.5. ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ޖީއެސްޓީއަށް ރެޖިސްޓަވުމަށް ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް)

2.2.6. ޓެކްސް ކްލިއަރެންސް ނުވަތަ ވޭތުވެދިޔަ 3 މަސް ދުވަހުގެ ޓެކްސް ދައްކާފައިވާ ކަމުގެ ރިސިޕްޓްތައް.

2.3. ވޭތުވެދިޔަ ތިން މަސްދުވަހުގެ (ޑިސެމްބަރ 2021 ،2022 ޖަނަވަރީ އަދި ފެބްރުއަރީ) ބޭންކް ސްޓޭޓްމަން ނުވަތަ 2020 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ.

މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

3. އެވޯޑުކުރުން

1

އަގު

80 ޕޮއިންޓް

2

މުއްދަތު

20 ޕޮއިންޓް

4. އިވެލުއެޝަން ގައިޑްލައިން

މިބިޑަށް މާކްސް ދެވޭނީ 5.1 ގައި ބަޔާންކުރެވިފައިވާ ބައިތަކަށް ޕްރޯރާޓާގެ އުސޫލުންނެއެވެ.

4.1. މަސައްކަތުގެ އަގު

އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް، އެންމެ  ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.

4.2. މަސައްކަތުގެ މުއްދަތު

މުއްދަތަށް މާކްސްދެވޭނީ އެންމެ ކުރުމުއްދަތެއްގައި ޑެލިވަރީކޮށްދިނުމަށް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ދެވޭ އުސޫލުން، ޕްރޯރާޓާގެ އުސޫލުންނެވެ

5.  އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2022/009
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350152

6. މައުލޫމާތު ސާފުކުރުން

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 10 މާރިޗު 2022 ވާ ދުވަހުގެ 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

7. ބީލަން ހުށަހެޅުން

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 13 މާރިޗު 2022 ވާ  ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ  ވައްލަ (ކެންޓީން އޭރިއާކައިރި) މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350152 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

06 މާރިޗު 2022
ހޯދާ