އަރިއަތޮޅު އުތުރުބުރީ މަތިވެރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މާރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

މި އިޢުލާންވަނީ 06 މާރިޗު 2022 14:43 ގައި ބާތިލް ކުރެވިފައެވެ.


އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.

          ބިޑް ހުށަހަޅުއްވަން ވާނީ، އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 2022 މާރިޗު 08 ވާ އަންގާރަ ދުވަހުން ފެށިގެން 2022 މާރިޗު 15 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 10:00 އާއި މެންދުރު 12:00 އާއި ދެމެދު އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.

        މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން، 2022 މާރިޗު 16 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި، އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

        މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 2022 މާރިޗު 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި އަދި އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ.

        މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661036 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

        މި މަސައްކަތާއި ގުޅިގެން 22 ފެބްރުއަރީ 2022 ގައި ކުރެވުނު ނަންބަރު: IUL/U5MC/2022/01 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އާއި ލިބިފައިވާ ބިޑް އަގުބޮޑުކަމަށް ފާހަގަކުރެވުމާއެކު، އެ އިޢުލާނު ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މާރިޗު 2022
ހޯދާ