ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ފަހަރުގެ ސީވަރދިނަސް ( ސަލާމަތީ ސެޓްފިކެޓް ހެއްދުމާބެހޭ)

ކަނޑު އުޅަނދު ފަހަރުގެ ސީވަރދިނަސް ( ސަލާމަތީ ސެޓްފިކެޓް ހެއްދުމާބެހޭ)

                 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ޤަވާއިދު ( 2015-R-229 ) އާ އެއްގޮތަށް ސަލާމަތީކަންކަން އުޅަނދު ފަހަރުގައި ހުރުން ލާޒިމް ކޮށް، ހަމަކުރަންޖެހޭ ތަކެއްޗާއި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން 16 ޖެނުއަރީ 2022 އިން ފެށިގެން ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަންގެ ނަންބަރު: (IUL)202-M/1/2021/109 އިޢުލާނުން ވަނީ އަންގަވާފައެވެ. އެގޮތުން ހަމަކުރަންޖެހޭ ތަކެއްޗާއި،ފުރިހަމަ ކުރަންޖެހޭ ކަންކަން ތިރީގައި އެވަނީއެވެ.

  #

ފުރިހަމަ ކުރަންޖެހޭ ކަންކަން

ހުންނަންޖެހޭ އުޅަނދު ފަހަރު

ތަކެތި ހަމަކުރަންޖެހޭ މުއްދަތު

1

އޮއިލް ޕޮލިއުޝަން ޕްރިވެންޝަން ސެޓްފިކެޓް ހެއްދުން

10000 ލީޓަރަށް ވުރެން ގިނައިން ތެޔޮ އުފުލާ އުޅަނދު ފަހަރާއި، އަޅާފައި ބާއްވައިގެން އޮޕަރޭޓް ކުރާ އުޅަނދު ފަހަރު

16 ޖެނުއަރީ 2022 އިން ފެށިގެން.

2

ނުރައްކާތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާ ބެހޭ ސެޓްފިކެޓް  ހެއްދުން

ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ ކާގޯގެ ގޮތުގައި އުފުލާ އަދި އެފަދަ މުދަލާއެކު އަޅާފައި ބާއްވައިގެން އޮޕަރޭޓް ކުރާ އުޅަނދު ފަހަރު.

16 ޖެނުއަރީ 2022 އިން ފެށިގެން

3

ސްވޭޖް ސިސްޓަމް ހަރުކޮށް ސެޓްފިކެޓް ހެއްދުން

"އޭ" ޒޯނުގައި ދުއްވާ އުޅަނދު ފަހަރާއި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދު ފަހަރު އަދި 30 މީޓަރަށް ވުރެން ބޮޑަތި އުޅަނދު ފަހަރު. (މަސްވެރިކަމަށް ރަޖިސްޓަރި ކޮށްފައިވާ އުޅަނދު ފަހަރުގައި ސްވޭޖް ސިސްޓަމް ހުރުން ލާޒިމެއް ނޫނެވެ.)

15 އޭޕްރީލް 2022 އިން ފެށިގެން

4

ސަލާމަތީ ސެޓްފިކެޓް ހައްދާ އިރު ނުވަތަ އާ ކުރާއިރު އުޅަނދު އެހެލި ކަމުގެ ލިޔުން ހުށަހެޅުން

9 މީޓަރަށް ވުރެން ބޮޑު ލަކުޑި އުޅަނދު ފަހަރު.( ކޮންމެ 18 މަހަކުން 1 ފަހަރު އެހެލުން)

18 މީޓަރަށް ވުރެން ބޮޑު ފައިބަރު އުޅަނދު ފަހަރު.( ކޮންމެ 2 އަހަރަކުން 1 ފަހަރު އެހެލުން)

ހުރިހާ ސައިޒެއްގެ ދަގަނޑު އުޅަނދު( ކޮންމެ 3 އަހަރުން 1 ފަހަރު އެހެލުން)

16 ޖެނުއަރީ 2022 ގެ ފަހުން ކުރާ ފުރަތަމަ ސާރވޭގައި އުޅަނދު އެހެލިކަމުގެ ލިޔުން ހުށަހެޅުން ލާޒިމް ނުވި ނަމަވެސް އެ ތާރީޚުގެ ފަހުން ކުރާ 2 ވަނަ ސާރވޭގައި އުޅަނދު އެހެލި ކަމުގެ ލިޔުން އޮތުން ލާޒިމް ވާނެއެވެ.

5

ކެޕްޓަނުން، ފަޅުވެރިން އަދި މެރިން މެކޭނިކުން، ކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް އޮތުން

މެރިން މެކޭނިކުން ތިބެން ޖެހެނީ "އޭ، އަދި "ބީ" ޒޯންގައި ދުއްވާ އިންބޯޑު އިންޖީނު އެޅި އުޅަނދު ފަހަރުގައި

*15 އޭޕްރީލް 2022 ގެ ކުރިން މެރިން މެކޭނިކުން ސެޓްފިކެޓް ހޯދުން

* ކެޕްޓަން އަދި ފަޅުވެރި ކަމުގެ ސެޓްފިކެޓް 16 ޖެނުއަރީ 2022 އިން ފެށިގެން އޮތުން ލާޒިމް ވާނެއެވެ.

6

ބޮޔަންޓް އެޕަރޭޓަސް/ލައިފްރާފްޓް ނުވަތަ ރެސްކިއު ބޯޓް ހަމަކުރުން.

ފަރުން ބޭރަށް ނުކުންނަ ހުރިހާ އުޅަނދު ފަހަރުގައި އެ އުޅަނދަކުން ދަތުރުކުރާ އެންމެނަށް ފުދޭ ވަރަށް ބޮޔަންޓް އެޕަރޭޓަސް/ލައިފްރާފްޓް/ރެސްކިއު ބޯޓް ހުންނަން ވާނެއެވެ.

15 އޭޕްރީލް 2022 އިން ފެށިގެން

7

އިޕާރބް

"އޭ" ޒޯންގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގައި އިޕާރބް ހަރުކޮށްފައި ހުރުން ލާޒިމް ވާނެއެވެ.

15 އޭޕްރީލް 2022 އިން ފެށިގެން

8

ވެސަލް ޓްރެކިންގ ޑިވައިސް ހަރުކުރުން

"އޭ" އަދި "ބީ" ޒޯން ގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގައި ވެސަލް ޓްރެކިންގ ޑިވައިސް ހަރުކޮށްފައި ހުންނަން ވާނެއެވެ.

16 ޖެނުއަރީ 2022 އިން ފެށިގެން

9

އުޅަނދުން ދަތުރުކުރާ މީހުންގެ މެނިފެސްޓް އޮތުން

ފަސިންޖަރުން އުފުލާ ހުރިހާ އުޅަނދެއްގައި މެނިފެސްޓް އޮތުން ލާޒިމް ވާނެއެވެ.

ޤަވާއިދުގައިވާ ގޮތުން މިހާރުވެސް މެނިފެސްޓް އޮތުން ލާޒިމް ވާނެއެވެ.

10

ސަލާމަތީ ސެޓްފިކެޓް ހައްދާއިރު ނުވަތަ އާ ކުރާއިރު ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް ސެޓްފިކެޓް އަދި ވަޒީފާ އެއްބަސްވުން ހުށަހެޅުން.

( މެޑިކަލް ސެޓްފިކެޓްގެ ފޯމް ކައުންސިލުން ދޫކުރާނެއެވެ. އަދި ވަޒީފާގެ އެއްބަސްވުން އޮންނަންވާނީ ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތަށެވެ)

މިނިސްޓްރީ އޮފް ފިޝަރީޒްގައި މަސްވެރިކަމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު ފަހަރާއި، މަސްވެރި ކެޓަގަރީ (ކޯޑް01 ގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު ފަހަރުގެ އިތުރުން،9 މީޓަރުން ދަށުގެ ކުދި ދޯނި،ޑިންގީ،ބޮއްކުރާ،ބައްތެލި އަދި މީގެ އިތުރުން އަމިއްލަ އުފަލަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު ފަހަރު ފިޔަވައި އެހެނިހެން އުޅަނދު ފަހަރުގައި.

16 ޖެނުއަރީ 2022 އިން ފެށިގެން

11

ރާޑަރ ރިފްލެކްޓަރ ހަރުކުރުން

ފަރުން ބޭރަށް ނުކުންނަ ހުރިހާ އުޅަނދެއްގައި ރާޑަރ ރިފްލެކްޓަރ ހަރުކޮށްފައި ހުންނަންވާނެއެވެ.

16 ޖެނުއަރީ 2022 ގެ ފަހުން ރާޑަރ ރިފްލެކްޓަރ ހަރުކޮށްފައި ހުރުން ލާޒިމް ވާނެއެވެ.

12

އުޅަނދުގައި ބޭނުންކޮށް ނައްތާލަން ޖެހޭ ތެޔޮ (ސްލަޖް) ނައްތާލި ގޮތުގެ ލޮގް ލިޔެ ބެލެހެއްޓުން

އަޑީތެލާއި ޑީސަލް (ސްލަޖް) ނައްތާލަން ޖެހޭ ހުރިހާ އުޅަނދެއްގައި ލޮގް ލިޔެ ބެލެހެއްޓުން

ޤަވާއިދުގައިވާ ގޮތުން މިހާރުވެސް ސްލަޖް ލޮގް އޮތުން ލާޒިމް ވާނެއެވެ.

                       

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

03 މާރިޗު 2022
ހޯދާ