ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގެ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ނައިޓް މާކެޓެއް، 2022 މާރޗް 17، 18 އަދި 19 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނައިޓް މާކެޓްގައި ދޫކުރެވޭނޭ ގޮޅިތަކުގެ ސައިޒް އަދި 3 ދުވަހަށްވާ ޖުމްލަ އަގުތައް ތިރީގައި މިވަނީއެވެ.

ސައިޒް

އަގު (ދިވެހި ރުފިޔާ)

ތަފްސީލް

10 ފޫޓް، 8 ފޫޓް

200/-

މިސައިޒުގެ ގޮޅިތައް ޚާއްޞަކުރެވިފައިވަނީ ގޭގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި، ރާއްޖޭގައި އުފައްދާ ނުވަތަ ހައްދާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް ވިއްކާ ފަރާތްތަކަށް

10 ފޫޓް، 16 ފޫޓް

400/-

މިސައިޒުގެ ގޮޅިތައް ޚާއްޞަކުރެވިފައިވަނީ އިމްޕޯޓް މުދާ ވިއްކާފަރާތްތަކަށާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް

 

މިނައިޓް މާރކެޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން "ކުޅުދުއްފުށި ސިޓީ ނައިޓް މާރކެޓް ގައި ބައިވެރިވުމަށް އެދޭ ފޯމް" ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ކުރިއަށްދާނީ 03 މާރޗް 2022 ން 08 މާރޗް 2022 ށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 12:00 ށެވެ. ފޯމު ހުށައަޅުއްވާ ވަގުތު، ނަންގަވާ ގޮޅިއަށްވާ ފައިސާ ދައްކަވަންވާނެއެވެ. ނައިޓް މާރކެޓާއި ގުޅޭ އިތުރު ތަފްސީލް "ކުޅުދުއްފުށީ ސިޓީ ނައިޓް މާކެޓް ބޭއްވުމުގެ އުސޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ.

02 މާރިޗު 2022
ހޯދާ