އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢާއިޝަ މިސްކިތުގެ ތިރީބައި އެއަރކޯން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިންދޭ މަޢުލޫމަތާއި އެއްގޮތަށް އއ. ތޮއްޑޫ "މަސްޖިދުލް ޢާއިޝާ" މިސްކިތުގެ ތިރީބައި އޭސީ ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މި ބީލަމުގެ "ބީލަމް ރަޖިސްޓްރޭޝަން ޝީޓް" ގައި ރަޖިސްޓްރީ ކުރަންވާނެއެވެ.  މި ބީލަމުގައި ރަޖިސްޓްރީ ކުރާނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ބީލަމް ހުށަހެޅުމަށްރަޖިސްޓަރީވުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

2022 މާރިޗް 09

ބުދަ

13:00

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

2022 މާރިޗް 10

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

2022 މާރިޗް 13

އާދީއްތަ

13:00

  • މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.
  • މަޢުލޫމާތު ސާފުކުކުރަން ޥަޑައިގންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން އަދި އައި.ޑީ.ކާޑު ކޮޕީ ހުށަހެޅުން.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިއުން ހުށަހެޅުން.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

01 މާރިޗު 2022
ހޯދާ