ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު އުތުރު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން

ޅ.ނައިފަރު އުތުރު ސިނާއީ ސަރަހައްދުން ކުއްޔަށް ދޫކުރުމަށް، ކަނޑައެޅިފައިވާ ބިންތައް ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި ތަންތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚުގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށް އީ.މެއިލްގެ ޒަރީއާއިން ރަޖިސްޓްރީކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

 

 

ތާރީޚް 

ވަގުތު 

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން (އީމެއިލްގެ ޒަރީއާއިން) 

01 މާރޗް 2022 - 8 މާރޗް 2022 

09:00-13:00 

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރީއާއިން) 

15 މާރޗް 2022 

12:00 

ބިޑް އޯޕެނިންގް މީޓިންގް 

22 މާރޗް 2022 

13:00 

 

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާއިގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުކުރާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620163 ނުވަތަ 6620068 އަށް ގުޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ކުއްޔަށް ދޫކުރާ ބިންތަކުގެ މަޢުލޫމާތު އިޢުލާނާއި އެކު އާންމުކުރީމެވެ.

01 މާރިޗު 2022
ހޯދާ