ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ކޭސް އެނަލިސްޓް

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ކޭސް އެނަލިސްޓް  

މަޤާމް ނަންބަރު:

TAT-109

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް މެނޭޖަރ  

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސެސްމެންޓް ސެކްޝަން،  ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/10,000ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/4,000 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޓްރައިބިއުނަލުން ބަލަމުންދާ ޓެކުހާ ގުޅުންހުރި މައްސަލަތައް ބަލައި ދިރާސާކުރުން.
  2. ޓްރައިބިއުނަލުން ބަލަމުންދާ ޓެކުހާ ގުޅުންހުރި މައްސަލަތައް ދިރާސާކޮށް މެމްބަރުންނަށް ބޭނުންވާ ލަފާދިނުން.
  3. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ނިންމުމަށް ރިއާޔަތްކޮށް ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާއަށް އަންނަ ބަދަލުތައް ހިސާބުކުރުމާއި، މިކަމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. 
  4. ޓްރައިބިއުނަލަށް  ހުށަހެޅޭ ޓެކުހާ ގުޅުންހުރި   މައްސަލަތަކުގެ  ތެރެއިން  ޓްރައިބިއުނަލުން  ބެލޭނޭ  މައްސަލަތައް  ކަނޑައެޅުމުގައި ރެޖިސްޓްރާރއަށް ބޭނުންވާ ލަފާދިނުން.
  5. ލީގަލް އެންޑް އެސެސްމަންޓްގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން.
  6. ސްޓްރެޓެޖިކް ޕްލޭންތައް ތައްޔާރު ކުރުމުގައި ބައިވެރިވުމާއި  އަދި މިކަމަށް  ބޭނުންވާ ފަންނީ ލަފާދިނުން.
  7. ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން މާލެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  8. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެފަދަ ކަންކަމުގައި އެހީތެރިވެ ދިނުން.
  9. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ޤާނޫނާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް ކުރިއަށްގެންދިއުން.                                   

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 9 ނުވަތަ އެއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 7 ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 6 ނުވަތަ އެއާއި އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ). 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ).

އެހެނިހެން މަޢުލޫމާތު

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3015555 އަށެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.)

 

09 މާރިޗް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން

01 މާރިޗު 2022
ހޯދާ