މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ މަސްޖިދުއްތަޢުބާގެ އިސްކުރުބަރި މަރާމާތު ކުރުން

                                                ނަންބަރ: (IUL)274/INDIV/2022/24

 

އިޢުލާން

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

  1. 1.  މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފޭދޫ މަސްޖިދުއްތަޢުބާގެ އިސްކުރުބަރި މަރާމާތު ކޮށްދޭނެފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތައް ބީލަންހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި،ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (01/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
  2. 2.  މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު 06 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދެންނެވީމެވެ.
  3. 3.  މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 މާރިޗް 08 ވާ ހޯމަދުވަހުގެ 10:00ގައި މިއިދާރާގެ މީޓީންގްރޫމުގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  4. 4.  ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 މާރިޗް 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، އިޢުލާން ނަމްބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހުގެ 13:00ގައެވެ.

މިލަދުންމަޑުލުއުތުރުބުރީ

ފޭދޫ ކައުންސިލްގެ އިދާރާ

ފޯނުނަމްބަރ.

ވެބްސައިޓް

އީމެއިލް

6540045

www.feydhoo.gov.mv

[email protected]

                               01  މާރިޗް  2022                  

01 މާރިޗު 2022
ހޯދާ