އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ކާގޯ ހޭންޑްލަރ

ވަޒީފާގެ ފުރުސަތު

އެސިސްޓެންޓް ކާގޯ ހޭންޑްލަރ

ބޭނުންވާ އަދަދު: 01

މަޤާމުގެ ޝަރުޠު:

  • ގްރޭޑް 7 ނިންމާފައިވުން (ނުވަތަ)
  • މަސައްކަތާއި ގުޅޭގޮތުން 2 އަހަރު ދުވަހުަގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

 

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ކާގޯ އޮފިސަރަށް މުދާ ދޫކުރުމުގައި އެހީތެރިވުން
  • މުދާ ބޭލުމުގައި ކާގޯ އޮފިސަރަށް އެހީތެރިވެދިނުން އަދި އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ނަމަ ކާގޯ އޮފިސަރަށް އެންގުން
  • ސްކްރީނިން ޕްރޮސީޖަރއާއި އެއްގޮތްވާ ގޮތުގެ މަތިން، ކާގޯތައް ސްކްރީންކުރުމުގައި ކާގޯ އޮފިސަރަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ޓްރޯލީތަކާއި ކާގޯ އޮފީހުގައި ބޭނުންކުރާ ތަކެތި ސާފުކޮށް ބެލެހެއްޓުން

 

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 13 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ.

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

27 ފެބުރުވަރީ 2022
ހޯދާ