ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ގުޅޭ

އިޢުލާން

 

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ގުޅޭ

        ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނޑުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިކައުންސިލުން ފަށާފައިވާތީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނޑު ދުއްވުމުގެ ލައިސަންސް ނަގަންބޭނުންވާ ފަރާތްތަކުން މިނިސްޓުރީ އޮފް ޓުރާންސްޕޯޓް އެންޑު ސިވިލް އޭވިއޭޝަންގެ '' އެމް.އެލް 1 ފޯމް '' ފުރުއްވާ ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ފޯމް ހުށައަޅަންވާނީ    ސުކިޕަރ ކުލާސް 5 ނިޔަމިކަމުގެ ސަނަދު 1 ނުވަތަ ނިޔަމިކަމުގެ ސަނަދު 2 ފުރިހަމަ ކޮށް ސަނަދު ލިބިފައިވާ ފަރާތްތަކުންނެވެ.  އަދި  ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ  އެޕްލިކޭޝަން ފޯމްހުށައަޅާއިރު ދެންނެވިފައިވާ ސަނަދުތަކުން ސަނަދެއްގެ ކޮޕީއާއެކު ނެގިފަހުން ތިންމަސްނުވާ ( ޕާސްޕޯޓުގައި ޖެހުމަށް ކަމުދާ، ޕާސްޕޯޓް ސައިޒުގެ ) ފޮޓޯއެއް ހުށައަޅަންވާނެވެ.

22 ފެބުރުވަރީ 2022
ހޯދާ