އަރިއަތޮޅު އުތުރުބުރީ މަތިވެރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގައި ކުރަންހުރި މާރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00އަށް، އއ.މަތިވެރި މެޖިސްޓްރޭޓް ކޯޓު ނުވަތަ އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.

          ބިޑް ހުށަހަޅުއްވަން ވާނީ، އއ.މަތިވެރި މެޖިސްޓްރޭޓް ކޯޓު ނުވަތަ އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 02 މާރިޗު 2022ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ދުވާލު 10:00 އާއި 12:00 އާއި ދެމެދު އއ.މަތިވެރި މެޖިސްޓްރޭޓް ކޯޓު އަދި އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.

        މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 03 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގައި، އއ.މަތިވެރި މެޖިސްޓްރޭޓް ކޯޓު އަދި އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

        މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އއ.މަތިވެރި މެޖިސްޓްރޭޓް ކޯޓު އަދި އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ.

        މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661036 އަދި 6661018 އަށް ގުޅުއްވައިގެން ނުވަތަ އީ-މެއިލް [email protected] އަދި [email protected] ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ފެބުރުވަރީ 2022
ހޯދާ