ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރު:

TAT-121

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން،  ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/4,000 ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/1,600 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އެންޓްރީ ބެލެހެއްޓުމުގެ މަސައްކަތާއި، ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރުން.
  2. ރިސެޕްޝަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް ޤަވާއިދާއި އެއްގޮތަށް ރިކުއެސްޓުކުރުމާއި، ސްޓޮކަށް ތަކެތި ވައްދައި ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކްބާކީ ޤާވާއިދާއި އެއްގޮތަށް ބެލެހެއްޓުން.
  4. ސްޓާފްމީޓިންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 
  5. ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  6. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް، އަދި ކަންހިނގާދިޔަގޮތުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލަށް ބަލައިގަނެވޭ ފައިސާ ބަލައިގަތުމާއި، ބަލައިގަނެވޭ ފައިސާއާއި ތަފްޞީލް ފައިސާއާއިބެހޭ ބަޔަށް ދުވަހުން ދުވަހަށް ފޯރުކޮށްދިނުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްކުރުން.
  8. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން.
  9. ޓްރައިބިއުނަލްގެ ތަޅުދަނޑިތައް ބެލެހެއްޓުން.
  10. ޖެނެރަލް އެޑްމިނިސްޓްރޭޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.
  11. ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  13. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ޤާނޫނާއި، ގަވާއިދުތަކާއި، އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.                  

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު އޯލެވެލް އިނގިރޭސި މާއްދާއިން ދައްވެގެން "ސީ" ފާސް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން ދައްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ،

- އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް މަދުވެގެން 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ). 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ).

 

އެހެނިހެން މަޢުލޫމާތު

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ.

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3015555 އަށެވެ.            

 

       

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2022 ފެބްރުވަރީ 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން

20 ފެބުރުވަރީ 2022
ހޯދާ