މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އިޢުލާން ނަންބަރ: (IUL) 182-MTG/2020/19 (28 ޑިސެމްބަރ 2020 (އާއި (IUL) 182-REG/23/2021/15 01) ނޮވެމްބަރ 2021) އިން ޕަބްލިޝް ކުރެވިފައިވާ އެސެންޝިއަލް މެޑިސިން ފޮރ ފާރމަސީ ނުވަތަ ފާރމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓް މިހާރު ވަނީ ރިވިއުކޮށް އަދާހަމަ ކޮށްފައެވެ. މިގޮތުން އަސާސީ ބޭސްލިސްޓު ހިމެނޭ ބޭސްތައް ބަހައްޓަން ލާޒިމުވާ ގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

އިޢުލާން

މިގޮތުން ލިސްޓުގެ 125-1 ގައި ހުރި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ރަޖިސްޓްރީކޮށް ހިންގާ ހުރިހާ ރީޓެއިލް ފާރމަސީގައި ބެހެއްޓުން ލާޒިމުވާ ބޭސްތަކެކެވެ.

ލިސްޓުގެ 125-1 ގައި ހުރި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކާއި، ލިސްޓުގެ 159-126 ހުރި ފެހިކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ސެކަންޑްރީ ލެވެލް (އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް) އަދި ޓާރޝަރީ ލެވެލްގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ހުންނަ ހުރިހާ ފާރމަސީއެއްގައި ބެހެއްޓުން ލާޒިމުވާ ބޭސްތަކެކެވެ.

މިލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް 202-1 ޓާރޝަރީ ހިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިންގާ ފާރމަސީތަކުގައި ބެހެއްޓުން ލާޒިމުވާނެއެވެ.

            ވީމާ، މިއޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީ ތަކުގައި، މަތީގައި ބަޔާން ކޮށްފައިވާ ފަދައިން އެފާރމަސީ އަކަށް ކަނޑައެޅިފައިވާ އަސާސީ ބޭސްތައް މެދު ނުކެނޑި  ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އަންގައި އާއްމުކޮށް އިޢުލާން ކުރަމެވެ.

            މި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީ އޯ އެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން (އޯ ޓީ ސީ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމުގައި ވެސް ދެންނެވީމެވެ.

            އަސާސީ ބޭސް ފާރމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް ( ބާކީ ހުރިވަރު އިނގޭ ގޮތަށް) މިއޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

            އިތުރު މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަމްބަރ: 7200321 އިން ލިބިވަޑައިގަންނަވާނެއެވެ.

                              19 ރަޖަބު 1443ހ.

                             20 ފެބުރުއަރީ 2022މ.

20 ފެބުރުވަރީ 2022
ހޯދާ