އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

 

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (02 އަހަރު)

މަޤާމުގެ ރޭންކު:

ޖީ.އެސް 3

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އދ. އަތޮޅުގޮފި / އދ. މަހިބަދޫ

މުސާރަ:

-/4465.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:

-/2847.55 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސާރވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޯސްތަކާއި ކްލާސްތައް ހިންގުމަށް ބޭނުންވާ މުޤައްރަރު ކަނޑައަޅައި، ހަމަޖެހިފައިވާ ކްލާސްރޫމްތަކާއި، އިދާރާގައި ކިޔަވައިދިނުމަށް ބޭނުންވާއެންމެހާ ވަސީލަތްތަކާއި، ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ޤާއިމުކުރުމަށް އަތޮޅުކައުންސިލާއި މަޝްވަރާކޮށްގެން އެމަސައްކަތް ކުރުން
  2. ކްލާސްތައް ފެށުމުގެ ކުރިން ކްލާސްތަކާއި، އިދާރާ ހުޅުވުމުގެ އިންތިޒާމްހަމަޖައްސާ ކްލާސްފެށޭއިރު އެކްލާހެއްގެ މުދަރިއްސެއް އެކުލާހެއްގައި ހުރެ ކިޔަވައި ދެވޭނެ އިންތިޒާމްހަމަޖައްސައި، ކްލާސްތައް ނިމުމުން އެތަންތަން ބަންދުކޮށް ތަޅުލުން
  3. އަތޮޅުކައުންސިލްގެ މަޝްވަރާގެ މަތިން ކްލާސްތައްބަހާ ޓައިމްޓޭބަލް ހަދާ ދަރިވަރުންނަށް އެކަންކަން އެންގުން
  4. މުދައްރިސުންގެ ހާޒިރީ ބަލަހައްޓައި ހާޟީރީ ރިޕޯޓް ތައްޔާރުކޮށް ރެކޯޑް ބެލެހެއްޓުން
  5.  މަރުކަޒުން އަންގާގޮތެއްގެމަތިން ކޯހަށް ބައިވެރިންހޮވުމަށް އިޢުލާންކޮށް ބައިވެރިންހޮވުމަށް ކުރަންޖެހޭ މަސައްކަތްކޮށް ރެކޯޑް ބެލެހެއްޓުން
  6. ކޯހަށް ހޮވޭ ދަރިވަރުންގެ ހާޒިރީގެ އެންމެހާކަންތައްތައް މަރުކަޒުން ކަނޑައަޅާފޯމެޓާއެއްގޮތަށް ތައްޔާރުކޮށް ބަލަހައްޓައި، ރެކޯޑް ބެލެހެއްޓުން
  7. މަރުކަޒުން ކްލާސްތަކަށް ވަންނަން އެދޭ ފޯމު ދޫކުރުމާއި ބަލައިގަނެ  ދަރިވަރުންގެ ރަޖިސްޓްރީއެއް އެކުލަވާލާއި ކްލާހުން ވަކިވާ ދަރިވަރުންނާއި ވަންނަ ދަރިވަރުންގެ މަޢުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.
  8. ދަރިވަރުންގެ ފީ ކާޑް ހެދުން
  9. މިއިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. (40%)
  • މަސައްކަތުގެ ދާއިރާއިން (އެޑްމިންގެ ދާއިރާއިން ) ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (14%)
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. (45%)
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް އަދި ޝަރުތު ހަމަވުމާއެކު ޤިރާއަތު ސެޓްފިކެޓް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީ އާއި ލިޔުންތައް އީ-މެއިލް (އީ-މެއިލް އެޑްރެސް) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ފެބްރުއަރީ 2022 އާއި 08 މާރޗް 2022 އާ ދެމެދު، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680507 ނުވަތަ 6680039 ނަންބަރު ފޯނާއެވެ.                         އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

19  ރަޖަބު   1443

20 ފެބްރުއަރީ 2022

20 ފެބުރުވަރީ 2022
ހޯދާ