ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންޕްލާންޓް އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހަށް ބަދަލުދިނުން

                ވ.ފެލިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ވ.ފެލިދޫ ކުޅިވަރުކުޅޭ ބިމުގެ އިރުން ސްޓެލްކޯ ބިމާއި އިންވެގެން ދެކުނުން ދޫކޮށްފައިވާ ބިމުގެ ސަރަޙައްދުގައި ހުރި ރުއްގަހުގައި ކަޅުދަވާދުން 01 އިން 67 އާއިދެމެދު ނަންބަރުން ވަނީ ފާހަގަޖެހިފައެވެ.

                ވީމާ، މިދެންނެވި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން، 03 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަޅުދަވާދުން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ބަޔާންކޮށް އެތަކެތީގެ ވެރިފަރާތުން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚްގެ ފަހުން ރުއްގަހުގެ ބަދަލު ހޯދުމަށް ހުށަހަޅާ ސީޓީތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

20 ފެބުރުވަރީ 2022
ހޯދާ