އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫން ދީފައިވާ ވަގުފުބިންތައް ހުސްކުރުމާގުޅޭ (28 ނަންބަރު ސްލޮޓް، ދޮންފަޅޯގެ)

އއ.ތޮއްޑޫއިން ދޫކޮށްފައިވާ 29  ވަގުފުބިން އއ.ތޮއްޑޫ ރައްޔިތުންނަށް މަންފާހުރި ގޮތެއްގައި ބޭނުންކުރުމަށް ތޮއްޑޫ ކައުންސިލް އާއި، ބިންތައް ޙަވާލުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް އަންގަވާފައިވާތީ، ތޮއްޑޫއަށް މަންފާހުރި ގޮތަކަށް އެ ބިންތައް ބޭނުން ކުރެއްވުމަށް މިއިދާރާއަށް އެ އޮތޯރިޓީންވަނީ އަންގަވާފައެވެ.

            ވީމާ، ވަގުފުބިމުގެ ގޮތުގައި ދޮންފަޅޯގެ ބިމެއްގެ ގޮތުގައި ރެކޯޑްކޮށްފައިވާ 28 ނަންބަރު ސްލޮޓްގައިވާ ބިން ބޭނުންކުރަމުންދާ ފަރާތްތަކުން 2022 މާރިޗުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބިން ހުސްކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2022
ހޯދާ