ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރުގައި ކްލިނިކެއް ޤާއިމްކޮށް ޚިދުމަތްދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު ނައިފަރުގައި ކްލިނިކެއް ޤާއިމްކޮށް، ކްލިނިކެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓް ބައްލަވާގަނެ، ބިޑްގެ ޝަރުތު ހަމަވާނަމަ ތިރީގައި ދެންނެވިފައިވާ ތާރީޚްގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

ކްލިނިކް ޤާއިމްކުރުމަށްޓަކައި، ނައިފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތެއް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރެވޭނެއެވެ.

ބިޑް ޑޮކިޔުމެންޓްސް ވިއްކުން

ބިޑް ޑޮކިއުމެންޓް ގަންނަން ލިބެން ހުންނާނީ 16 ފެބްރުއަރީ 2022 (ބުދަ) ދުވަހުން ފެށިގެން 10 މާރޗް 2022 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުންނެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 100.00 ރުފިޔާއެވެ. ބިޑްގަތުމަށްޓަކައި ނައިފަރު ކައުންސިލްގެ ބަޖެޓް ޔުނިޓްގެ ވައިބަރ ނަންބަރު 7988627 އަށް ޑިޕޮސިޓް ސްލިޕާއިއެކު ބިޑް ގަންނަ ފަރާތުގެ މަޢުލޫމާތު ފޮނުއްވުން އެދެމެވެ.

އެކައުންޓް ނަންބަރު: 7705700335001

އެކައުންޓް ނަން: 1370 ރެވެނިއު 1

 

ބިޑް އޯޕަން މީޓިންގ

21 މާރޗް 2022 (ހޯމަ) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި.

ބިޑް ހުށަހަޅާފަރާތަށް ޙާޟިރުވެވެން ނެތް ހިނދެއްގައި ބިޑް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. މިގޮތަށް އަންނަ ފަރާތަކީ ބިޑް ހުށަހަޅާފަރާތުގެ މަންދޫބެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ލިޔުން ހުށަނާޅާނަމަ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

 

15 ފެބުރުވަރީ 2022
ހޯދާ