ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިފަހަރާއި، ލޯންޗް އަދި ޑިންގި މަރާމާތްކުރުމަށް ބިން ހަމަޖެއްސުމާއިބެހޭ

އޮޑިފަހަރާއި، ލޯންޗް އަދި ޑިންގިތަށް އެހެލާގެން މަރާމާތްކުރުމަށް މިރަށުގެ އުތުރުފަރާތުގެ ފޭއްދޫގޭގެ އުތުރުން ގޮނޑުދޮށާއި އިންވެގެން އޮތްބިމުން ވަގުތީގޮތުން ބިންދޫކުރުމަށް ހަމަޖެހިފައިވާކަން އެންގީމެވެ. އެހެންކަމުން އެފަދަ އުޅަދުފަހަރުތައް މަރާމަތްކުރުމަށް ބިން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ އިދާރާއިން ހުއްދަ ހޯދަންވާނެވެ. އަދި ހުއްދަ ހޯދުމެއްނެތި ބިން ބޭނުންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅިގެންދާނެވެ. އަދި މިނޫން އެހެންތަންތަނަށް އޮޑިފަހަރާއި، ލޯންޗް އަދި ޑިންގިތައް އެހެލާގެން މަރާމާތްކުރާ ފަރާތްތަކާއިމެދު ވެސް ފިޔަވަޅު އެޅިގެންދާނެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2022

07 ފެބުރުވަރީ 2022
ހޯދާ