ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުފެހި ފިއުލްސްގެ އުތުރުފަރާތުން ފެށިގެން ވެރިންކޮށި މަގާހަމައަށް އެހެލާފައިހުރި އުޅަނދުފަހަރާއި ތަކެތި ނެގުމާއި ބެހޭ

މިރަށު ކަނޑުފެހި ފިއުލްސްގެ އުތުރުފަރާތުން ފެށިގެން ވެރިންކޮށިމަގާއި ހަމައަށް ގޮނޑުދޮށާއި އަދި އެއްގަމު ސަރަހައްދަށް އެކި ފަރާތްތަކުން މިކައުންސިލްގެ ހުއްދަ ހޯދުމެއްނެތި އެހެލާފައިވާ އުޅަނދުފަހަރާއި، އަދި އެކިކަހަލަ ތަކެތި ބެހެއްޓިފައިވެއެވެ.

ވީމާ، މިގޮތަށް ބެހެއްޓިފައިވާ އުޅަނދުފަހަރާއި، ތަކެތި މިއަދުން (7 ފެބުރުވަރީ 2022) ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭ އެތަކެތި ނަގައި ތަން ސާފު ކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އެންގީމެވެ. މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގާފިނަމަ އެތަކެއްޗަކީ އޭގެ ވެރިފަރާތެއްނެތް ތަކެތި ކަމުގައި ބަލައި ކައުންސިލް އިދާރާއިން އެތަކެތި އެތަނުން ނެގުމަށްފަހު ނައްތާލެވޭނެއެވެ. އެހެންކަމުން އެތަކެތި ނެގުމާއި އަދި ނައްތާލުމުން ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލް އިދާރާއިން ޒިންމާނުނަގާނެކަން ވެސް އެންގީމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 7 ފެބުރުވަރީ 2022

07 ފެބުރުވަރީ 2022
ހޯދާ