ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ބަހައްޓާފައިހުރި އެކިކަހަލަ ތަކެތި ނެގުމާއި ބެހޭ

ބައެއްފަރާތްތަކުން މަގުމަތީގައި ޖޯލިފަތިބަހައްޓައި، ގަސްއިންދައި އަދި ޕޮޓްގައި އިންދާފައި ހުންނަގަސްތައް މަގުމަތީގައި ބަހަޓާފައިހުންނަ ކަމުގެ ޝަކުވާތައް އެކިފަރާތް ތަކުންދަނީ ކައުންސިލަށް ހުށަހަޅަމުންނެވެ.

މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް އެއްވެސްބާވަތެއްގެ އެއްޗެއް މަގުމަތީގައި ބެހެއްޓުމަކީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާއިން އެކުލަވާލައި ގެޒެޓްކޮށް ޢާންމު ކޮށްފައިވާ 'ޢާންމު އުދަގުލާބެހޭ' ގަވައިދުގެ 14 ވަނަމާއްދާގެ ހ. އިން މަނާކޮށްފައިވާ ކަމެކެވެ.

ވީމާ، މިގޮތަށް ބެހެއްޓިފައިވާ ތަކެއްޗާއި އަދި ގަސްތަށް މިއަދުން ފެށިގެން (7 ފެބުރުވަރީ 2022)  ރަސްމީ 7 ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އެންގީމެވެ. މި މުއްދަތުގައި އެތަކެތި ނުނަގާފިނަމަ އެތަކެއްޗަކީ އޭގެ ވެރިފަރާތެއްނެތް ތަކެތި ކަމުގައި ބަލައި ކައުންސިލް އިދާރާއިން އެތަކެތި އެތަނުން ނެގުމަށްފަހު ނައްތާލެވޭނެއެވެ. އެހެންކަމުން އެތަކެތި ނެގުމާއި އަދި ނައްތާލުމުން ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލް އިދާރާއިން ޒިންމާނުނަގާނެކަން ވެސް އެންގީމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 7 ފެބުރުވަރީ 2022

07 ފެބުރުވަރީ 2022
ހޯދާ