ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުސޫލަށް ބަދަލުގެނައުން(.)

 

100 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުސޫލަށް ބަދަލުގެނައުން(.)

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޅ ނައިފަރުގައި އިމާރާތްކުރާ 100 ހައުސިންގް ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުތު"ގެ "ކެޓަގަރީ A ގެ ދަށުން އެންމެ ހައްގުވެރި ފަރާތް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ ގޮތުގެ ތަފްޞީލް" ގެ 4 ވަނަ މާއްދާގައިވާ މައިންބަފައިންނާއި ޝަރުޢީގޮތުން ބަލަދު އަރައިގެން ބަލަހައްޓަމުންގެންދާ މީހުންގެ ބައިގެ (ހ)،(ށ)،(ނ)،(ރ) އާއި ގުޅިގެން ފޯމާއިއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި އިންސާފްވެރިކަމާއި މަސްލަހަތު ނުގެއްލި އަދި ހައްޤުވާފަރާތަށް ޕޮއިންޓް ދެވިދާނެ ރަނގަޅުގޮތެއް އޮތްކަމަށް ކައުންސިލަށް ޤަބޫލުނުކުރެވޭތީ، ދެންނެވުނު މާއްދާގެ މައިންބަފައިންނާއި ޝަރުޢީގޮތުން ބަލަދު އަރައިގެން ބަލަހައްޓަމުންގެންދާ މީހުންގެ ބައިގެ (ހ)،(ށ)،(ނ)،(ރ) އުނިކޮށް އެ އަކުރުތަކުން ލިބެންޖެހޭ ޕޮއިންޓް އެއްވެސް ފަރާތަކަށް ނުލިބޭގޮތަށް ކުރިޔަށްގެންދިއުމުގައި މިނިސްޓްރީގެ ލަފައަކަށް ފޮނުވުމަށް ނިންމާފައިވާ ކައުންސިލްގެ 3 ވަނަ ކުއްލި ޖަލްސާގެ ނިންމުމާއި ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ ނަންބަރު 471-HDS3/327/2022/8 (02 ފެބްރުވަރީ 2022) ސިޓީން ކުއްލި ޖަލްސާއިން ނިންމާފައިވާ ނިންމުމާއި ގުޅިގެން ޤާނޫނީ ގޮތުން އިޢުތިރާޟު ކުރާނެ ތަނެއް ނެތަކަމަށާއި އަދި  ކައުންސިލްގެ ނިންމުމާއި އެއްގޮތަށް އުޞޫލު އިޞްލާޙުކޮށް ކުރިއަށްގެންދިއުމަށް ދަންނަވާފައިވާތީ، "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޅ ނައިފަރުގައި އިމާރާތްކުރާ 100 ހައުސިންގް ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުތު"ގެ "ކެޓަގަރީ A ގެ ދަށުން އެންމެ ހައްގުވެރި ފަރާތް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ ގޮތުގެ ތަފްޞީލް" ގެ 4 ވަނަ މާއްދާގައިވާ މައިންބަފައިންނާއި ޝަރުޢީގޮތުން ބަލަދު އަރައިގެން ބަލަހައްޓަމުންގެންދާ މީހުންގެ ބައިގެ (ހ)،(ށ)،(ނ)،(ރ) އުނިކުރުމަށާއި، "ކެޓަގަރީ A ގެ ދަށުން ފޯމު ހުށައަޅާ ފަރާތްތަކުގެ ތެރެއިން ހައްގުވެރިފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދެވޭނެގޮތް"ގެ 4 ވަނަ ނަންބަރަށް ދެވޭނީ ޖުމްލަ %3 ކަމަށާއި، މިގޮތަށް ބަދަލު ގެނައުމުން މުޅި ފޯމުގެ ޖުމްލަ ޕޮއިންޓަކީ %96 ކަމަށް ބަދަލުގެނެސް، އުޞޫލު ޢާންމުކުރުމަށް ފެންނަކަމަށް 2022 ވަނަ އަހަރުގެ ކައުންސިލްގެ 8 ވަނަ އާންމު ޖަލްސާއިން ނިންމާފައި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

 

 

ޖުމްލަ ޕޮއިންޓަށް އައި ބަދަލު

ކުރީގެ އުސޫލު

ޕޮއިންޓްގެ ޖުމްލަ

ޕޮއިންޓް ދެވޭނެ ބައިތައް

30%

  1. އުމުރުގެ ބައި

25%

  1. ކައިވެނީގެ ބައި

31%

  1. ދަރިންގެ ބައި

7%

  1. މައިންބަފައިންނާއި ޝަރުޢީގޮތުން ބަލަދު އަރައިގެން ބަލަހައްޓަމުން ގެންދާ މީހުންގެ ބައި

7%

  1. ރަށުގައި ދިރިއުޅޭ މުއްދަތު

100%

ޖުމްލަ

 

ގެނެވުނު އިސްލާހު

ޕޮއިންޓްގެ ޖުމްލަ

ޕޮއިންޓް ދެވޭނެ ބައިތައް

30%

  1. އުމުރުގެ ބައި

25%

  1. ކައިވެނީގެ ބައި

31%

  1. ދަރިންގެ ބައި

3%

  1. ޝަރުޢީގޮތުން ބަލަދު އަރައިގެން ބަލަހައްޓަމުން ގެންދާ މީހުންގެ ބައި

7%

  1. ރަށުގައި ދިރިއުޅޭ މުއްދަތު

96%

ޖުމްލަ

 

 

 

 

 

 

 

 

4 ވަނަ ނަންބަރަށް ގެނެވުނު ބަދަލު

ކުރީގެ އުސޫލު

ލިބޭ ޕޮއިންޓް

  1. 1.     މައިންބަފައިންނާއި ޝަރުޢީގޮތުން ބަލަދު އަރައިގެން ބަލަހައްޓަމުންގެންދާ މީހުންގެ ބައި

1

(ހ) ހުށަހަޅާފަރާތުގެ މަންމަ ބަލަމުންދާނަމަ

1

(ށ) ހުށަހަޅާފަރާތުގެ ބައްޕަ ބަލަމުންދާނަމަ

1

(ނ) ހުށަހަޅާފަރާތުގެ އަނބިމީހާ / ފިރިމީހާގެ މަންމަ ބަލަމުންދާނަމަ

1

(ރ) ހުށަހަޅާފަރާތުގެ އަނބިމީހާ / ފިރިމީހާގެ ބައްޕަ ބަލަމުންދާނަމަ

3

(ބ) މައިންބަފައިންނާއި ދަރީން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހޭމީހަކު ބަލަމުންދާނަމަ

ނޯޓް: 4 ގެ (ހ)،(ށ)،(ނ)،(ރ) ގައި ބުނެފައިވާ ޕޮއިންޓް ލިބޭނޭ އެފަދަ ފަރާތަކީ ގައިބާރުދެރަވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ދިރިއުޅުމަށްޓަކައި އާމްދަނީހޯދުމަށް މަސައްކަތްނުކުރެވޭފަދަ ފަރާތަކަށްވާނަމައެވެ. އަދި އެފަދަ ފަރާތެއް ބަލަމުންގެންދާކަމުގެ ލިޔުމެއް ދެ ހެކިން ސޮއިކޮށް ހުށައެޅުމުންނެވެ.

4 ގެ (ބ) ގައި ބުނާ ޕޮއިންޓް ލިބޭނީ ޝަރުޢީ ގޮތުން ބަލަދުވެރިކަން ހަވާލުވެގެން ބަލަހައްޓާ ފަރާތެއްކަން ބަޔާންކޮށްފައިވާ ދައުލަތުގެ މުވައްސަސާއެއްގެ ލިޔުމެއް ފޯމާއެކު ހުށައަޅުއްވާފައިވާނަމައެވެ.

 

ގެނެވުނު އިސްލާހު

ލިބޭ ޕޮއިންޓް

  1. 1.     ޝަރުޢީގޮތުން ބަލަދު އަރައިގެން ބަލަހައްޓަމުންގެންދާ މީހުންގެ ބައި

3

(ބ) މައިންބަފައިންނާއި ދަރީން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހޭމީހަކު ބަލަމުންދާނަމަ

ނޯޓް: 4 ގެ (ބ) ގައި ބުނާ ޕޮއިންޓް ލިބޭނީ ޝަރުޢީ ގޮތުން ބަލަދުވެރިކަން ހަވާލުވެގެން ބަލަހައްޓާ ފަރާތެއްކަން ބަޔާންކޮށްފައިވާ ދައުލަތުގެ މުވައްސަސާއެއްގެ ލިޔުމެއް ފޯމާއެކު ހުށައަޅުއްވާފައިވާނަމައެވެ.

02 ފެބުރުވަރީ 2022
ހޯދާ