މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޮންފަނު އިޙްތިޞާޞް ތެރޭގައި ބ. ހަނިފަރު ހިމެނުމާއި ގުޅޭ

އިއުލާން

ދޮންފަނުގެ އިޙްތިޞާޞްތެރޭގައި ބ.ހަނިފަރު ހިމެނުމާއިގުޅޭ

18 މާރިޗު 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 3/2020 ޤަރާރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޙްތިޞާޞް ކަނޑައަޅުއްވާފައިވާއިރު ބ.ހަނިފަރަކީ މިރަށުގެ އިޙްތިޞާޞްގައި ހިމެނިފައިވާ ރަށެއްކަމުގައިވަނީ ކަނޑައަޅުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ބ.ހަނިފަރު މިރަށުގެ އިޙްތިޞާޞްގައި ހިމެނެއްވުމާއި ގުޅިގެން އެރަށަކީ ދޮންފަނުގެ އިޙްތިޞާޞްގައި ހިމެނޭ ރަށެއްކަމަށާއި އިޙްތިޞާޞްގައި ހިމެނިފައިވާ ފަޅުރަށްތައް ބެލެހެއްޓުން އެ ރަށްރަށުގެ ކައުންސިލްތަކާއި ޙަވާލުވެފައިވާކަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސަރކިއުލަރ ނަންބަރު 30-E/CIR/2020/9 ގެ ސިޓީއިން އަތޮޅުކައުންސިލަށް އަންގާފައިވާކަންވެސް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.އަދި ދަންނަވަމެވެ. ފަޅުރަށްތަކާގުޅޭ މަޢުލޫމާތު މިނިސްޓްރީގެ އޮންލައިން ޑޭޓާބޭސް '’www.atollsofmaldives ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

                       ވީމާ އެއްވެސް ފަރާތަކުން މިކައުންސިލްގެ ހުއްދަނެތި ހަނިފަރަށް އަރާފޭބުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.

                        މި އިޢުލާނާއެކު ބ.ހަނިފަރު މިރަށުގެ އިޙްތިޞާޞްގައި ހިމެނިފައިވާކަން ދައްކުވައިދޭ ޗާޓު ޢާއްމުކުރީމެވެ.

                         މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ފެބުރުވަރީ 2022
ހޯދާ