މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުޞަތު

އިންޓަރންޝިޕް ފުރުޞަތު:

އިޢުލާން ނަންބަރު:      428/1/2022/4(IUL)

ތާރީޚް: 27 ޖަނަވަރީ 2022

މަޤާމު:

އިންޓަރން

އަދަދު:

02  

  މުއްދަތު: 3 މަސް ދުވަސް

މަސައްކަތް ކުރަންޖެހޭތަން:

 މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ވަޤުތު:

ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް (ކަނޑައަޅާ އުޞޫލެއްގެ    ދަށުން ފްލެކްސިބަލް ޓައިމްވެސް ހަމަޖެއްސިދާނެ)

ޝަރުތު:

ދަށްވެގެން ޖީ.ސީ.އީ އޭ ލެވެލް ނިންމައިފައިވުން.

މަސްޢޫލިއްޔަތު:

ް:އެމް.އެން.އެސް.ޑީ.އޭ ކުރަންޖެހޭ މަސައްކަތ  

  • މިއޮތޯރިޓީގެ ފަރާތުންބާއްވާ އެކިއެކި ވޯކްޝޮޕްތަކަށް ބޭނުންވާ އިދާރީ މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • މިއޮތޯރިޓީ ޕްރޮމޯޓް ކުރުމަށް ޕްރެސް ރިލީސް،ސޯޝަލް މީޑިއާ ޕޯސްޓުތައް އަދި ޓީވީ /ރޭޑިއޯ ޕްރޮގްރާމްތަކަށް ބޭނުންވާނެ މައުލޫމާތު، މިއޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ ލަފަޔާ އެކު ތައްޔާރުކޮށް ހިއްސާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- އިންޓަރނުންނަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތުގެ ސިޓީ (ސިޓީ އެޑްރެސްކުރައްވާނީ މިއޮތޯރިޓީގެ ޗީޕް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އަހްމަދު ނަޝީދު  އަށެވެ.

2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.

އިންޓަރން ޝިޕަށް  އެދެންވީގޮތާއި ސުންގަޑި:

-     2022  ފެބްރުއަރީ 07 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އޮތޯރިޓީގެ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

-    ހާޑު ކޮޕީ ހުށަހަޅާނަމަ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާގައި ހުންނަ މި އޮތޯރިޓީގެ ކައުންޓަރަށް ސުންގަނޑި ހަމަވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: އިންޓަރން އަށް އެދި ހުށަހަޅާ ހުރިހާ ޑޮކިއުމަންޓްތައް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފައިލްގައި ހުށަހަޅާ ފަރާތުގެ ނަންޖެހުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

މަސައްކަތް ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް އޮފް އެޕްރިސިއޭޝަން ގެ ގޮތުގައި ސެޓްފިކެޓެއް ދެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ , 3026600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

27 ޖަނަވަރީ 2022
ހޯދާ