އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައު ދަނގަޑުތަކެއްގެ ނީލަމާބެހޭ

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި ބައު ދަގަނޑުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލާ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ނުވަތަ ފޯމު ފޮނުއްވަމުން ގެންދެވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ސިޓީއަކުން ނުވަތަ މިއިދާރާއިން ދޫކުރާ ފޯމަކުންނެވެ. ނީލަން ފަށާގޮތަށް ހަމަޖެހިފައިވަނީ 15 އޮގަސްޓު 2014 ގައެވެ. ނީލަންފެށޭ އަގަކީ ކިލޯއެއް 25 ލާރި އެވެ. މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ 10 ލާރި އެވެ.        

މި ނީލަމުގައި، އެންމެފަހުން ހުށަހެޅިއަގަށް ބަދަލެއްނައިސް ރަސްމީބަންދުނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެއީ އެކަށީގެންވާ އަގެއްކަމުގައިވާނަމަ އެއަގަށް ނީލަން ނިންމައިލެވޭނެއެވެ.

ސިޓީ ފޮނުއްވާނަމަ އެސިޓީގައި ފުރިހަމަނަމާއި ހުށަހަޅުއްވާއަގާއި ދާއިމީއެޑްރެހާއި އައިޑީކާޑުގެނަންބަރާއި ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ. ފެކްސްއިން ފޮނުއްވާނީ މި އިދާރާގެ ފެކްސް ނަންބަރު 6680884 އަށެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.

ހުށަހަޅުއްވާފައިވާ އެންމެމަތީއަގު ކޮންމެ ރަސްމީދުވަހެއްގެ 14:30 ގައި މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 0056 668 ފޯނާ ނުވަތަ 9922678 ،7914643 މޯބައިލް ނަމްބަރ އާއެވެ.

11 އޮގަސްޓް 2014
ހޯދާ