އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭނުން ކޮށްފައިހުރި ޖަނަރޭޓަރުތައް ވިއްކާލުމާބެހޭ

ހަންޏާމީދޫ ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކޮށްފައި ހުރި 5 (ފަހެއްް) ޖަނަރޭޓަރާއި، ބައު ސިންކޮރޮނައިޒް ޕެނަލް ބޯޑެއް ސިޓީލާ ނީލަމުގައި ވިއްކާލާ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ފޮނުއްވަމުން ގެންދެވުން އެދެމެވެ. އަގު ހުށަ ހަޅުއްވާނީ ކޮންމެ ޖަނަރޭޓަރަކަށްވެސް ޕެނަލްބޯޑަށްވެސް ވަކިވަކިން އަގު އެނގޭ ގޮަތަށެވެ. މިއިދާރާއިން ދޫކުރާ ފޯމަކުންވެސް އަގުހުށަހެޅުއްވޭނެއެވެ. ނީލަން ފަށާގޮތަށް ހަމަޖެހިފައިވަނީ 15 އޮގަސްޓު 2014 ގައެވެ.

ނީލަމުގައި ވިއްކާލާ ތަކެއްޗާބެހޭ ތަފްޞީލް:

#

ބާވަތް

ކިލޯ ވޮޓް

ގަތް ތާރީޚް

އެންމެފަހުން ބޭނުންކުރި ތާރީޚް

ޖަނަރޭޓަަރުގެ ޙާލަތު

ނީލަން ފަށާއަގު

ފަހަރަކު އިތުރު ކުރެވޭނެ އެންމެދަށް އަގު

1

ހިމޮއިންސާ ޖަނަރޭޓަރ

80

ސަރުކާރުން 2010 ވަނައަހަރު ދެއްވި

މިހާރުވެސް ބޭނުންކުރާ

މިހާރުވެސް ބޭނުންކުރާ

45000.00

1000.00

2

ކަމިންސް(އިންޑިއާ)

66

11/5/2006

2/2/2012

ޓެމްޕަރޭޗަރަށް އެރުން ، ކުޑަވެގެން މަރާމާތުނުކޮށް ބަހައްޓާފައި

40000.00

1000.00

3

ޑޮއިޓްސް

40

30/6/2000

2006

އިންޖީނު މަރާމާތު ކުރަންވެފައި، ޑައިނުމޯ ރިވައިންޑް ކުރިފަހުން ބޭނުންނުކޮށް

15000.00

500.00

4

ކަމިންސް(އިންގްލެންޑް)

40

5/12/2002

2005

އޯވަރހޯލްކުރުމަށްފަހު 1 ހަފުތާގައި ބޭނުންކޮށްފައި، އެމްޕިޔަރު ނުހިފަހައްޓާތީ ނުހިންގާ ، 4 އިންޖެކްޓަރު ނަގާފައި

15000.00

500.00

5

ޑޮއިޓްސް

50

   26/8/2006

   13/7/2010 

ޑައިނުމޯ އަނދާފައި ، ކުޑަވެގެން މަރާމާތު ނުކޮށް ބަހައްޓާފައި

15000.00

500.00        

މި ނީލަމުގައި، އެންމެފަހުން ހުށަހެޅިއަގަށް ބަދަލެއްނައިސް ރަސްމީބަންދުނޫން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކީ އެކަށިގެންވާ އަގެއްކަމުގައިވާނަމަ އެ އަގެއް ހުށަހެޅި ފަރާތަަކަށް އެ އެއްޗެއްގެ ނީލަން ނިންމައި ލެވޭނެއެވެ. މިއިޢުލާނުގައިވާ ތަފްޞީލުގައި ކޮންމެ އެއްޗަކަށްވެސް އެންމެދަށްވެގެން އިތުރުކުރެއްވޭނެއަގު ބަޔާންކޮށްފައި ވާނެއެވެ.

ސިޓީ ފޮނުއްވާނަމަ އެސިޓީގައި ފުރިހަމަނަމާއި ހުށަހަޅުއްވާ އަގާއި ދާއިމީއެޑްރެހާއި އައިޑީކާޑުގެނަންބަރާއި ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ. ފެކުހުން ފޮނުއްވާނީ މި އިދާރާގެ ފެކްސް ނަންބަރު 6680884 އަށެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.

ހުށަހަޅުއްވާފައިވާ އެންމެމަތީއަގު ކޮންމެ ރަސްމީދުވަހެއްގެ 14:30 ގައި މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ފޯނުނަންބަރު 0056 668 އަށެވެ. ނުވަތަ 9922678، 7914643 މޯބައިލަށެވެ.

10 އޮގަސްޓް 2014
ހޯދާ