މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު ( އިންޑޯޖިމް ގާއިމްކުރުމަށް ޕްރީސްކޫލް މީޓިންގ ރޫމްގެ އެތެރޭގެ މަސައްކަތްކުރުން )

އިޢުލާން

ބީލަން ހުށަހެޅުމުގެ ދައުވަތު ( އިންޑޯޖިމް ގާއިމްކުރުމަށް ޕްރީސްކޫލް މީޓިންގ ރޫމްގެ އެތެރޭގެ މަސައްކަތްކުރުން )

  1. މިރަށުގައި އިންޑޯޖިމް ގާއިމްކުރުމަށް ކުރަންހުރި މަސައްކަތުގެ ތެރެއިން ޕްރީސްކޫލް އިމާރާތުގެ މީޓިންގ ރޫމްގެ އެތެރޭގެ މަސައްކަތްތައް ކުރުމަށް، މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލައި ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވެ ލެއްވުމަށް އެދޭފަރާތްތަކުން ބީލަންރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 8.00 އިން މެންދުރުފަހު 2.00 އަށް މިއިދާރައިގެ ފޯންނަންބަރ 6540027 އާއި ގުޅުއްވައި ބިޑް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީހަކީ 27 ޖެނުއަރީ 2022 ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.30 އެވެ. އަދި ރަޖިސްޓްރީވިކަމަށް ބަލަންވާނީ ރަޖިސްޓްރީ ސްލިޕް ލިބުމުންނެވެ.
  3. މި ބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މައުލޫމާތުކަރުދާސް މިއިދާރައިގެ ކައުންޓަރުންލިބެން ހުންނާނެއެވެ. އަދި މިއިއުލާނާއެކު މަޢުލޫމާތުކަރުދާސް ގެޒެޓް ކުރެވިފައި ވާނެއެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 1 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1.00 ގައި މިއިދާރައިގެ މީޓިންގ ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެބޭރުގައި ހުށަހަޅާފަރާތުގެނަމާއި އިއުލާން / ޕްރޮޖެކްޓްގެ ނަންބަރާއި ކޮންކަމަކަށްކަން ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ.
  5. ހުށަހަޅާބީލަންތައް ވަޒަންކުރާނެ މިންގަޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭތަކެތީގެ ތަފްސީލް ބީލަމާއިގުޅޭ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

                        25 ޖުމާދަލްއާހިރާ  1443

                        25 ޖެނުއަރީ  2022                       މުހައްމަދު ސިނާނު  

                                                           ކައުންސިލްގެ ރައީސް 

25 ޖަނަވަރީ 2022
ހޯދާ