މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގެ ތަމްރީނު ޕްރޮގްރާމްތައް ނިންމާ ފަރާތްތައް އިމްތިހާން ކޮށްދޭނެ އެސެސަރުން ހޯދުން

 

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ނެޝަނަލް ސްޓޭންޑަރޑްތަކަށް ހިންގާ އިންސްޓިޓިއުޝަން ބޭސްޑް ޓްރެއިނިންގ އާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަންގެ  ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އިމްތިޙާން ކޮށްދޭނެ އެސެސަރުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، "އެސެސަރ ރެޖިސްޓްރޭޝަން" ފޯމް ފުރިހަމަކޮށް މިއޮތޯރިޓީއަށް ހުށައެޅުއްވުން އެދެމެވެ. އެސެސަރުން ބޭނުންވާ ދާއިރާތައް ތިރީގައި މިވަނީއެވެ.

 

 ދާއިރާތައް:

  1. ރެފްރިޖޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް
  2. އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް
  3. ފްރޮންޓް އޮފީސް ސަރވިސަސް
  4. ފުޑް އެންޑް ބެވަރޭޖް ސާރވިސަސް
  5. ހައުސްކީޕިންގ
  6. ކޮމަރޝަލް ކުކަރީ
  7. ޕޭސްޓްރީ އެންޑް ބޭކަރީ
  8. ބަރިސްތާ
  9. ޓުއަރ ގައިޑިންގ
  10. އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސަސް
  11. އިންވެންޓްރީ މެނޭޖްމަންޓް
  12. އަތްތެރިމަސައްކަތް
  13. ލޯންޑްރީ އޮޕަރޭޝަންސް
  14. ޓިކެޓިންގ އެންޑް ރިޒަރވޭޝަން
  15. ވޯޓަރ ސްޕޯޓްސް އޮޕަރޭޝަންސް
  16. ޕްލަމިންގ
  17. ބަރބެންޑިންގ
  18. ފަރނިޗަރ ކަރޕެންޓްރީ
  19. ޝަޓަރިންގ ކަރޕެންޓްރީ
  20. މޭސަންރީ ވަރކްސް
  21. ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް (ކޮންސްޓްރަކްޝަން)
  22. ވެލްޑިންގ ޓެކްނީކްސް
  23. ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
  24. ކޮންސްޓަރަކްޝަން ސައިޓް ސުޕަރވިޝަން
  25. އޮޓޯމޯޓިވް މެއިންޓަނަންސް
  26. މެރިން މެކޭނިކް
  27. ފައިބަރ ގްލާސް ބޯޓް ބިލްޑިންގ
  28. ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް
  29. ގާރޑްނިންގ
  30. އެގްރިކަލްޗަރ
  31. ކޮމްޕިޔުޓަރ ހާރޑްވެއަރ އެންޑް ނެޓްވާރކިންގ
  32. ރީޓެއިލް ސަރވިސަސް
  33. ކޭޝިއަރިންގ
  34. ފާރމަސީ
  35. ފޮޓޯގްރަފީ
  36. އާރޓް ސްކިލްސް
  37. ކޮންޕެނީ އެޑްމިނިސްޓްރޭޝަން
  38. ޖްވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ
  39. ސައުންޑް އިންޖިނިއަރިންގ
  40. ފިޓްނެސް އިންސްޓްރަކްޝަން
  41. ސްޕޯޓްސް ކޯޗިންގ
  42. ފެޝަން ޑިޒައިނިންގ އެންޑް ޓެއިލަރިންގ
  43. އިވެންޓް މެނޭޖްމަންޓް
  44. ކޭކް ޑެކަރޭޝަން
  45. މޭކަޕް އެންޑް ބިއުޓީ ކެއަރ
  46. ގެސްޓް ހައުސް އޮޕަރޭޝަންސް
  47. ސްނޯކަލް ގައިޑިންގ
  48. ސާރފް ގައިޑިންގ
  49. ލައިފް ގާރޑިންގ
  50. މީޑިއާ ޕްރޮޑަކްޝަން
  51. އޮންޓަރޕްރަނަރޝިޕް
  52. ހެވީ ވެހިކަލް އޮޕަރޭޝަންސް
  53. ބަސް އޮޕަރޭޝަންސް
  54. ބޯޓް އޮޕަރޭޝަންސް
  55. ޕްރޮގްރާމިންގ
  56. ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް
  57. ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް
  58. ސްޕޯރޓް ފިޝިންގ ގައިޑިންގ
  59. ޔުޓިލިޓީ ލެބޯޓްރީ ޓެކްނީޝަން
  60. ސްކޫލް ހެލްތް އޮފިސަރ
  61. ފްލެބޮޓޮމީ
  62. ސްކޫލް ލެބޯޓަރީ ޓެކްނީކްސް

 

 

އެސެސަރުންގެ އުޖޫރަ

އެސެސްކުރުމަށް ހޭދަވާ ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ

އެސެސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެމް.އެން.އެސް.ޑީ.އޭ އިން ދޭ ގައިޑްލައިނާ އެއްގޮތަށް އެސެސްކުރުން.
  • އެމް.އެން.އެސް.ޑީ.އޭ އިން ފޯރުކޮށްދޭ ނަމޫނާއާއި އެއްގޮތަށް އެސެސްމެންޓް ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން.

އެސެސަރުންގެ ޝަރުޠު:

  • އެސެސްކުރާ ދާއިރާއިން އެސެސްކުރާ ލެވެލް އަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެސެސަރ ރެޖިސްޓްރޭޝަން ފޯމް (މި ފޯމު އިދާރާގެ ވެބްސައިޓުން (https://media.graphcms.com/epdNYTrQRRiHGCZAAktX) ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. އަމިއްލަގޮތުން މަސައްކަތްކުރާ ފަރާތެއްނަމަ އެމް.އެން.އެސް.ޑީ.އޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމް ގެ ދަށުން ދޫކުރާ ނޭޝަނަލް ސަރޓިފިކޭޓް ހުށަހެޅުން.

މަސައްކަތަށް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ފެބްރުއަރީ 2022 ވަނަ ދުވަހުގެ  ގެ 13:00 ގެ ކުރިން  މި އޮތޯރިޓީގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3026600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

23 ޖަނަވަރީ 2022
ހޯދާ